ރައީސް ނަޝީދު ބޮނޑިބަތް ޕާކުގައި އޮތް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ހަތާވީސް
ހަބަރު
02 Jan 2023 | 22:28
ނިކުމެ މިހުރީ "ފްލެޓު ދޮންބެ"، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދޭނަން: ރައީސް ނަޝީދު

މި ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ނުދެވުނަސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވާ ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ބޮނޑިބަތް ޕާކުގައި އޮތް އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ހައްލު ނުކުރެވޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި އެއީ މާލެއާއި އަތޮޅުތެރެއަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި، އެކަން ހައްލުކުރުމަށް އެކަށީގެންވާ ގޮތެއްގައި ގޯއްޗާއި ފްލެޓު ދޫކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަމެއްކަމަށެވެ. 

ނަޝީދުގެ ވާހަކައިގައި ވަނީ މި ސަރުކާރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުލުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަން ފާހަގަކުރައްވާފަ އެވެ. 

އެއާއެކު ނަޝީދު ވަނީ އެމްޑީޕީ ސަރުކާރެއްގެ ވެރިކަމަށް އެމަނިކުފާނަށް އާދެވިއްޖެ ނަމަ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

"ސަރުކާރުން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުން. އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ތަކުރާރުކޮށް ޔަގީންކަން އަރުވަން ބޭނުން. އިރާދުކުރެއްވިއްޔާ ދެން އުފެދޭ އަޅުގަނޑުގެ އެމްޑީޕީ ސަރުކާރެއްގައި ތިބޭފުޅުންނަށް އެ މަސައްކަތް އަޅުގަނޑު އަވަދިނެތި ކުރުމުގައި ދެމި ހުންނާނަން"

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 

ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާަރަށް ނުކުރެވޭކަން ނަޝީދު ފާހަގަކުރައްވާފައި ވާއިރު، މިހާތަނަށް މި ސަރުކާރުން ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް މުޅިން ނިންމާފައެއް ނުވެއެވެ. 

ކުރީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި ހިޔާ މަޝްރޫއުގެ ތެރެއިން ނިންމާފައިވާ ފްލެޓުތުގެ ފިނިޝިން މަސައްކަތްވެސް ނިންމުމަށް ސަރުކާރުން ބޮޑެތި އުޒުރުތަކެއް ދައްކާފައިވާއިރު، އެތަންތަނުގެ ކުލިވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.

އަދި ފްލެޓު ލިބުނު އެތައް ބައެއްގެ އަތުން ފްލެޓުތައް އަތުލާފައިވާކަމުގެ ޝަކުވާތައްވެސް ވަނީ ފެންމަތިވެގެން ގޮސްފައެވެ. 

ކޮމެންޓް
އިބްރާހީމް
ވަރަށް ދެރަކޮށް ތިވީ. މަޖިލީހުގެ ރައީސް އެމްޑީޕީގެ ވެރިކަމައެއްގަ އެއްކަމެއް ނުކުރެވި އަނެކަ އަންނި އަށް ވެރިކަން ދޭން މި ވަކި މީހަކަށް ވާކަމެއްވިއްޔާ ޕާޓީ ނިޒާމު އުވާލަން ވީނުން.
03 Jan 2023
ގުޅޭ ލިޔުންތައް
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.