ޑރ ޝަހީމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދިޔަރެސް
ހަބަރު
03 Jan 2023 | 08:27
ނިމިދިޔަ ގައުމީ ޤުރުއާން މުބާރާތް ބޭއްވީ އަމާބުނީތީ ފަރަށް ދާ ހެން: ޑރ ޝަހީމް

ނިމިދިޔަ ގައުމީ ޤުރުއާން މުބާރާތް ބޭއްވި "އަމާ ބުނީތީ ފަރަށް ދާ" ގޮތަށްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ފެންވަރު ދަށްކޮށް ގައުމީ ގުރުއާން މުބާރާތް ބޭއްވުމަށްފަހު ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ރާއްޖެ ޓީވީ މެދުވެރިކޮށް ގައުމީ ފެންވަރުގެ ގުރުއާން މުބާރާތެއް ބޭއްވުމަށް އިއުލާނުކުރުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ ޝަހީމް ވަނީ ނިމިދިޔަ ގައުމީ ގުރުއާން މުބާރާތް ނަމަކަށް ބޭއްވުމަށްފަހު އެއަށްވުރެ ބޮޑު ގުރުއާން މުބާރާތެއް ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވަން ޖެހުނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު ކުރައްވާފައެވެ. 

އަދި އެ ދެ ވުޒާރާ ގުޅިގެން އެ މުބާރާތް ރާއްޖެ ޓީވީ މެދުވެރިކޮށް ބާއްވާއިރު، ގުރުއާނާއި ބެހޭ ކަންކަން ކުރުމުގެ ޒިންމާ އޮތް ގުރުއާނާއި ބެހޭ މަރުކަޒު ކޮބައިތޯވެސް ޑރ ޝަހީމް އެއްސެވިއެވެ. އެފަދަ މުބާރާތެއް ބާއްވާއިރު ގުރުއާނާއި ބެހޭ މަރުކަޒު އެއްފަރާތް ކުރި ކުރުމަށް އެމަނިކުފާނު ވަނީ ފާޑުވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ޑރ ޝަހީމް ވިދާޅުވީ ގައުމީ ގުރުއާން މުބާރާތަކީ ގައުމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތްކަމަށެވެ.

އެހެން ނަމަވެސް އެ މުބާރާތް ނަމެއްގައި ބޭއްވުމަށްފަހު އަލުން ސަރުކާރުގެ ދެ ވުޒާރާ ގުޅިގެން ރާއްޖެ ޓީވީ ދެމުވެރިކޮށް މުބާރާތެއް ބާއްވަން އިއުލާނު ކުރީ، ކުރިން ކުރި މަސައްކަތް ތަކުރާރު ކުރައްވަންތޯވެސް ޑރ ޝަހީމް ވަނީ އައްސަވާފަ އެވެ. 

މީގެ ކުރިން ދައުލަތުގެ ވުޒާރާތަކުން ބާއްވާ މިފަދަ ބޮޑެތި ގައުމީ ފެންވަރުގެ މުބާރާތްތައް ދުރައް ދައްކަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށެވެ.

އެހެން ނަމަވެސް މި ގުރުއާން މުބާރާތުގެ މީޑީއާ ޕާޓުނަރެއްގެ ގޮތުގައި ރާއްޖެ ޓީވީ ހަމަޖައްސާފައިވާއިރު ދައުލަތުން ޚަރަދުކޮށްގެން ބާއްވާ މިފަދަ މުބާރާތެއް ދުރައް ދެއްކުމުގެ ކަންކަން ދައުލަތުގެ މީޑިއާއަށް ހަވާލުނުކުރި ސަބަބާއި ގުޅިގެންވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.