ޖޭއެސްސީގެ ބައެއް މެންބަރުން---
ހަބަރު
03 Jan 2023 | 12:20
މިދިޔަ އަހަރު 4 ފަނޑިޔާރަކު ވަކިކޮށް 11 ފަނޑިޔާރުން އަލަށް ޢައްޔަން ކުރި: ޖޭއެސްސީ

މިދިޔަ 2022 ވަނަ އަހަރުގެ ޖުޑިޝަލް ސާވިސް ކޮމިޝަނުން، 3 ފަނޑިޔާރަކު މަގާމުން ވަކިކޮށް 11 ފަނޑިޔާރުން އަލަށް މަގާމަށް އައްޔަން ކޮށްފައިވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

ޖޭއެސްސީން ނެރުނު ނިމުނު އަހަރުގެ އެކޮމިޝަންގެ މަސައްކަތްތަކުގެ ތަފާސް ހިސާބު ރިޕޯޓްގައި ވާގޮތުން، އެކޮމިޝަނަށް މިދިޔަ އަހަރު 393 ޝަކުވާ ހުށަހަޅާފައިވެއެވެ. މިއީ ފާއިތުވެދިޔަ 2021 ވަނަ އަހަރާއި އަޅާބަލާއިރު 2.72 އިންސައްތަ މަދު އަދަދެކެވެ. 2021 ވަނަ އަހަރު އެކޮމިޝަނަށް ހުށަހަޅާފައިވަނީ 404 ޝަކުވާއެވެ.

ނީގެ އިތުރުން، މިދިޔަ އަހަރު ޖޭއެސްސީ ބެލި މައްސަލަތަކުގެ ތެރެއިން 4 ފަނޑިޔާރެއް މަޤާމުން ވަކި ކުރުމަށް ނިންމައި، މަޖިލީހަށް ވަނީ ހުށަހަޅާފައިވާއިރު، އަދި 9 ފަނޑިޔާރެއްގެ ސްލޫކީ މައްސަލަ ބަލައި ނަސޭހަތް ދިނުމާއިއެކު ތަމްރީން ޕްރޮގުރާމު ފުރިހަމަ ކުރުމަށް ވަނީ އަންގައި 3 ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފައެވެ.

އަދި ކޮމިޝަނުން ބެލި މައްސަލަތަކުގެ ތެރެއިން 24 މައްސަލައެއް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތިގެން ވަނީ ފައިލްކޮށްފައެވެ.

މީގެއިތުރުން، މިދިޔަ އަހަރު 12 ފަނޑިޔާރަކު ރިޓަޔާ ކުރައްވާފައިވާއިރު، 6 ފަނޑިޔާރަކު މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަން ތަފާސްހިސާބުތައް ދައްކައެވެ.

އަދި މިދިޔަ އަހަރު 11 ފަނޑިޔާރަކު އަލަށް އަޔަން ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހައިކޯޓަށް އައްޔަން ކުރެވުނު 3 ފަނޑިޔާރަކާއި، ސްޕީރިއާ ކޯޓުތަކަށް އައްޔަން ކުރެވުނު 2 ފަނޑިޔާރަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެވުނު 6 ފަނޑިޔާރުންނެވެ.

ޖޭއެސްސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމިގެންދިޔައިރު، ޖުޑީޝަރީގައި 170 ފަނޑިޔަރުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 147 ފިރިހެން ފަނޑިޔާރަކާއި، 23 އަންހެން ފަނޑިޔާރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ