ޑރ ޖަމީލު ޕީޕީއެމްގެ ހަފްލާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
04 Jan 2023 | 11:10
ރައީސް ޔާމީން ޖަލަށްލާ ނަޝީދު ނިކަމެތިކުރުމަކީ ސަރުކާރުން ހަދާ ބޮޑު ގޯހެއް: ޑރ ޖަމީލު

އެމްޑީޕީ އިސްވެއޮވެ ހިންގާ ކޯލިޝަން ސަރުކާރުން ހަދަމުންދާ ބޮޑެތި ގޯސްތައް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ފާހަގަކުރައްވައިފި އެވެ. 

ސަރުކާރުން ހަދަމުންދާ 3 ގޯހެއްގެ ވާހަކަ އެމަނިކުފާނު ވަނީ ކުރެއްވި ޓްވީޓެއްގައި ބަޔާންކުރައްވާފައެވެ. 

އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ޑރ ޖަމީލު ފާހަގަކުރައްވާފައިވަނީ ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލުމެވެ. ޑރ ޖަމީލު ވިދާޅުވީ އެއީ ސަރުކާރުން ހެދި ބޮޑު ގޯހެއްކަމަށެވެ.

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އެމަނިކުފާނުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާ ނިމިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، އެއީ ސިޔާސީ ނުފުޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއްކަމަށް އިދިކޮޅުން ގެންދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެހުކުމަކީ ހަރާން ހުކުމެއް ކަމަށާއި، އެ ހުކުމް ބަލައިނުގަންނަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅުން ގެންދަނީ އެ ހުކުމާއި ދެކޮޅަށް އަޑުއުފުލާ އިހުތިޖާޖުކުރަމުން ނެވެ. 

ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާއެކު އެމަނިކުފާނު މާފުށީ ޖަލަށް ވަޑައިގަންނަވަނީ

ދެވަނަ ގޯހެއްކަމަށް ޑރ ޖަމީލު ފާހަގަކުރައްވާފައިވަނީ ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދެއްކުމެވެ. އިންތިޚާބުތަކާއި ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމުގެ ވާހަކަތައް ނިމިދިޔަ އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ތެރެއިންވެސް ވަނީ ފެންމަތިވެގެން ގޮސްފައެވެ. 

އެ އިންތިޚާބު ފައްޔާޒު އިސްމާއިލްއަށް ކާމިޔާބުކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ ފަރާތްތަކަށް އަނަގާ ބިރުދައްކަމުން ދިޔަކަމަށް ޗެއަރ ޕާރސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރެއްވި އިމްތިޔާޒު ފަހުމީ ވަނީ ތުހުމަތުކުރައްވާފަ އެވެ. 

އޭގެ އިތުރުން ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުތުން މަނާކޮށް އެފަދަ ކަމެއް ފެނިއްޖެ ނަމަ ފިޔަވަޅު އަޅާނެކަމުގެ ބިރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ދައްކާފައިވާ މައްސަލަތަކެއް އައްޑޫ ދަތުރުގައި ފެންމަތިވެގެން ގޮސްފައިވެއެވެ. 

ސަރުކާރުން ހަދަމުންދާ ތިންނަމަ ގޯހެއްކަމަށް ޑރ ޖަމީލު ވިދާޅުވެފައިވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިކަމެތިކުރުމެވެ. 

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު ނަޝީދު ޕާޓީއިން އެއްފަރާތްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ނަޝީދުގެ ވަފާތެރިން ދަނީ ވިދާޅޫވަމުންނެވެ. އެ ވާހަކަތައް އެމްޑީޕީގެ ޗެއަރާރސަން އިންތިޚާބުގެ ތެރޭގައި ފެންމަތިވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވަން ފެއްޓެވުމާއެކު އެ ބަހުސް ވަނީ ހުޅުފަޅައިގެން ގޮސްފައެވެ. 

އެގޮތުން ނަޝީދަށް ކުޑައިމީސްވާ ގޮތަށް ރައީސް ސޯލިހުގެ މެމްބަރުން އެކި ބަސްތައް ރައްދުކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ނަޝީދުގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާގެ މައްސަލަވެސް އެކަށީގެންވާ ގޮތެއްގައި ބަލާފައި ނުވުމަކީ ނަޝީދަށް ދިން ނިކަމެތި ކަމެއްކަމަށް އޭނާގެ ވަދާތެރިން ދަނީ ސިފަކުރަމުންނެވެ. 

ނިޒާމީ ވޯޓުނެގުމަށް ތާއީދު ހޯއްެވުމަށް ނަޝީދު ވަކާލާތު ކުރައްވަނީ

މި ކަންކަމަށް ފާހަގަކުރައްވާ ކުރައްވާ ޑރ ޖަމީލު ވިދާޅުވީ އެއީ ސަރުކާރުން ހަދަމުންދާ ވަރަށް ބޮޑެތި ގޯސްތަކެއްކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ގެއްލުންތަކެއް ލިބިގެންދާނެކަމަށް ޑރ ޖަމީލު ވަނީ އިޝާރާތްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.