ރައީސް ޔާމީންގެ ކެމްޕެއިން ދަތުރުފުޅެއްގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
04 Jan 2023 | 15:53
ރައީސް ޔާމީންގެ ކެމްޕެއިން ދަތުރެއް ނ. އަތޮޅަށް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ގެ ކެންޕެއިން ދަތުރެއް ނ އަތޮޅަށް ކުރުމަށް ހަމަޖެހިއްޖެއެވެ. 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ރައީސް ޔާމީން ގެ ކެންޕެއިން ދަތުރެއް މި މަހު 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ނ އަތޮޅަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ދަތުރު ކުރާނެކަން އިދިކޮޅުން އިއުލާން ކޮށްފައިވާއިރު, އެމަނިކުފާނު މިވަގުތު ހުންނެވީ، ވ. އާރަށު މައްސަލަ އާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރު ދުވަހަށް އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރުމާއި ގުޅިގެން ޖަލުގައެވެ. 

އެހެން ކަމުން މި ކެންޕެއިން ގައި އެމަނިކުފާނަށް ބައިވެރިވެ ވަޑައިނުގެންނެވޭނެއެވެ. އެހެން ނަމަވެސް މީގެ ކުރިން ކޮށްފައިވާ އެމަނިކުފާނުގެ ކެމްޕެއިން ދަތުރުތަކުގައި އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. 

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވީ ނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން ގެ ކަންކަން ކުރިއަށް ގެންދަވާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށާ، އެމައްސަލަ މަތީ ކޯޓަށް ހުށަހަޅައިގެން ރައީސް ޔާމީން މިނިވަން ވެވަޑައިގަންނަވާނެކަމަަށްވެސް އިދިކޮޅުން ބުނެއެވެ. 

މީގެ އިތުރުން، ޖަލުން މިނިވަންވެ ވަޑައިގަތުމާއިއެކު، ކެންޕެއިން ގެ ކަންތަކުގައި ޢަމަލީގޮތުން ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް