ނަޝީދުގެ ސަޕޯޓަރުން ހިޔާ ސަރަހައްދުގައި ހަމަނުޖެހުން ހިންގަނީ/ ފޮޓޯ: ވޮއިސް
ހަބަރު
04 Jan 2023 | 18:51
ނަޝީދާއި ދެކޮޅަށް ހިޔާ ސަރަހައްދުގައި ޝުއޫރު ފާޅުކުރި އަންހެނަކަށް ހަމަލާދީފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އެ ސަރަހައްދުގައި ދިރުއެޅޭ ރައްޔިތުން ނުރުހުން ފާޅުކޮށް އަޑުއުފުލަމުން ދިޔަ އަންހެނަކަށް ނަޝީދުގެ ސަޕޯޓަރެއް ހަމަލާދީފިއެވެ.

ނަޝީދު ހިޔާ ސަރަަހައްދަށް ވަޑައިގެންފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދު ހޯއްދެމަށް ޚާއްސަ ހަރަކާތެއް ބޭއްވުމަށެވެ. 

އެހެން ނަމަވެސް އެމަނިކުފާނު އެ ސަރަހައްދަށް ވަޑައިގަތުމާއެކު ރައްޔިތުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ. އަދި ނަޝީދަށް މަރުހަބާ ނުކިޔާކަމަށް އެ ސަރަހައްދުގެ ރައްޔިތުން ވަނީ ބުނެފައެވެ. 

ނަޝީދާ ދެކޮޅަށް އަޑު އުފުލަނީ

މީގެ ކުރިން ނަޝީދު ހިޔާ ފްލެޓުތަކަށް މަލާމާތް ކުރަމުން ގެންދިޔަ ކަމަށާއި، ހިޔާ ފްލެޓުތަކުގައި ދިރުއުޅޭ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަންވެސް އަޑުއުފުލަމުން ދިޔަ ބައިވެރިން ގެންދިޔައީ ފާހަގަކުރަމުން ނެވެ. 

ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެ ޝުއޫރުތައް ފާޅުކުރަމުން ދިޔައީ ރައްޔިތުންގެ ޝުއޫރުތައް ލިޔެފައިވާ ބިލްބޯޑުތައް ހިފައިގެންނެވެ. 

އެއާއެކު އަޑުއުލަމުން ދިޔަ މީހުންގެ ތެރެއަށް ނަޝީދުގެ ސަޕޯޓަރެއް ވަދެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެގޮތުން އެ ސަރަހައްދުގައި ނަޝީދާއު ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ދިޔަ އަންހެން މީހެއްއަތުގައި އޮތް ބޯޑު އަތުލާ ހަމަނުޖެހުން ވަނީ ހިންގާފައެވެ. އަދި އޭނާ ބަނޑުގައި ޖަހާފައިވާކަމަށް އަންހެންމީހާ މައުލޫމާތުދެއެވެ. 

ނަޝީދާ ދެކޮޅައް އަޑުއުފުލަނީ

ނަޝީދުގެ ސަޕޯޓަރުން އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގުމާއި ގުޅިގެން ފުލުހުންވަނީ އެ ސަރަހައްދަށް އައިސްފައެވެ. އަދި ހަމަނުޖެހުން ހިންގި މީހަކު ހައްޔަރުކޮށްފައެވެ. 

ހިޔާ ސަރަހައްދުގައި ނަޝީދު ކުރިއަށް ގެންދިޔަ ކެމްޕޭނު ހަރަކާތް ވަނީ ކުރުކޮށްލާފައެވެ. 

މީގެ ކުރިން ނަޝީދު މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިވީ ނަމަވެސް ހިޔާ ސަރަހައްދަށް ނަޝީދު ވަޑައިގަތުމުން ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.