ހިޔާ ފްލެޓަކަށް ނަޝީދު ވަދެވަޑައިގަންނަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
04 Jan 2023 | 19:15
ހިޔާ ފްލެޓް ޑޯ-ޓު-ޑޯ އަށް ނަޝީދު ވަޑައިގަތީ އެންމެ ފްލެޓަކަށް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިޔާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ކުރިއަށް ގެންދިޔަ ޑޯ-ޓު-ޑޯ ހަރަކާތުގައި އެންމެ ފްލެޓަކަށް ވަދެވަޑައިގަތުމަށްފަހު އެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންފި އެވެ. 

ނަޝީދު ހިޔާ ސަރަހައްދަށް ވަޑައިގަތުމާއި އެކު އެ ސަރަހައްދުގައި ދިރުއުޅޭ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށް އަޑުއުފުލާފަ އެވެ. 

ފޯރިގަދަ ކެމްޕޭނު ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށްފަހު މިއަދު ހަވީރު ހިޔާ ސަރަހައްދުގައި ހަމަ އެފަދަ ހަރަކާތެއް ބާއްވާނެކަމަށް މީގެ ކުރިން ނަޝީދުގެ ކެމްޕޭނު ޓީމުން އިއުލާނު ކުރި ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނަޝީދު ހިޔާ ސަރަހައްދަށް ވަޑައިގަތުމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ނަޝީދަށް މަރުހަބާ ކިޔާފައެއް ނުވެއެވެ. 

އޭގެ ބަދަލުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ނަޝީދާއި ދެކޮޅަށް އަޑުއުފުލާ ނަޝީދު މީގެ ކުރިން ހިޔާ ފްލެޓާއި ގުޅޭގޮތުން ދައްކަވާފައި ހުރި ވާހަކަތައް ހަނދާންކޮށްދީފައެވެ. 

ގިނަ ބަޔަކު ނަޝީދާއި ދެކޮޅަށް ނުރުހުން ފާޅުކުރަމުން ދިއުމާއި ގުޅިގެން މިއަދު ރާވާފައިވާ ނަޝީދުގެ ކެމްޕޭނު ހަރަކާތްވެސް ވަނީ ކުރުކޮށްލާފައެވެ. އަދި ނަޝީދުގެ ވާހަކަފުޅުވެސް ކުރިއަށް ގެންދެވީ ވަރަށް ކުރުކޮށެވެ. 

މިއަދު ހަވީރު ނަޝީދު ވަނީ އެ ސަރަހައްދުގައި ޑޯ-ޓު-ޑޯ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގެ ތެރެއިންވެސް ނަޝީދު ވަޑައިގެންފައިވަނީ ހިޔާގެ އެންމެ ފްލެޓަކަށެވެ. 

އެފަހުން ނަޝީދު ވަނީ ހިޔާ ސަރަހައްދު ދޫކުރައްވާ ވަޑައިގެންފައެވެ. 

ރައީސް ނަޝީދަކީ ހިޔާ ފްލެޓުތަކަކީ ކޮތަރު ކޮށިތަކެއްގެ ގޮތުގައި ސިފަކުރައްވާ އެތަން ދޫކޮށްލުމަށް ގޮވާލެއްވި ބޭފުޅެވެ. އެއީ އިންސާނުން ދިރިއުޅެން ހެޔޮވާ ވަރުގެ ތަނެއް ނޫންކަމަށް މީގެ ކުރިން ނަޝީދު ވިދާޅުވެފައިވެއެވެ. 

ހިޔާ ފްލެޓުތަކުގެ ކުލި މި ސަރުކާރުން ބޮޑުކުރުމުެގ އިތުރުން ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހުށައެޅުމުން މީގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެކަންކަން ހައްލުކުރުމަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށެވެ. 

އެހެން ކަމުން ރިޔާސީ އިންތިޚާބު ބޯމަތިވުމުން ހިޔާ ސަރަހައްދަށް ތާއީދު ހޯއްދެވުމަށް ނަޝީދު ވަޑައިގަތަސް އެކަން ބަލައިގަންނަން ބޭނުން ނުވާކަމަށް އެ ސަރަހައްދުގައި ގިނަ ރައްޔިތުންތަކެއް ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.