އެއްވަގުތެއްގައި އެއް ސަރަހައްދެއްގައި ޕީޕީއެމް އާއި އެމްޑީޕީގެ ބޮޑު ދެ ހަރަކާތް ކުރިއަށް ދަނީ/ ފޮޓޯ: ޕީޕީއެމް
05 Jan 2023 | 10:56
ޚިޔާލު ފާޅުކުރުމުގެ ހައްގު ތަންމިނަށް: ހަރުގޭގައި ޖަލްސާ، ބޭރުގައި އިދިކޮޅުގެ މުޒާހަރާ!

ބުދަ ދުވަހުގެ ރެއަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ތާރީހީ ރެއެކެވެ. އެތައް ގޮތަކުން އެރޭ ޚާއްސަ ވެގެންދެއެވެ. ބުދަ ދުވަހުގެ ރެއަކީ އެއް ތަނެއްގައި އެއް ވަގުތެއްގައި ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީގެ ފޯރުގަދަ ދެ ހަރަކާތެއް ބޭއްވިގެންދިޔަ ރެއެވެ. 

ދެ ޕާޓީގެ ހަރަކާތްތައް އިއުލާނު ކުރުމާއި ގުޅިގެން، އެ ހަރަކާތްތަކަށް ފުރުސަތު ލިބޭނީ ކިހާ މިންވަރަކަށްތޯ ބެލުމުގެ ޝައުގުވެރިކަން އުފެދުނެވެ.

ސަރުކާރުގައި އޮންނަ އިރު ކޮންމެ ބަޔަކުވެސް ވާދަވެރިންގެ އަޑު ކަނޑުވާލަން މަސައްކަތްކޮށްފައިވާކަމީ ރާއްޖޭގެ ތާރީހު ހެކިދޭ ކަންކަމަށް ވާތީ، ފުރަމާލޭގައި އެއްވަގުތެއްގައި ވާދަވެރި ދެ ސިޔާސީ ޕާޓީގެ ހަރަކާތް އަމާންކަމާއި ސުލްހަވެރިކަމާއެކު ހިންގިދާނެކަމާމެދު ބޮޑެތި ސުވާލުތަކެއް އޮތީ އުފެދިފައެވެ. 

ސޯލިހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އިދިކޮޅުން މުޒާހަރާ

ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާއެއް އޮތެވެ. އެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތެވެ. އަރިހުގައި އެމްޑީޕީއަށް ސަރުކާރުގެ ކެބިނެޓު މިނިސްޓަރުންވެސް ބައިވެރިވެވަޑައިގަތެވެ. 

ޖަލްސާ ފެށީ 9:00 ގައެވެ. އެމަނިކުފާނު ޖަލްސާ ފެއްޓެވުމަށް އެމްޑީޕީ މައި ހަރުގެއަށް ވަޑައިގަތްއިރު ސަރަހައްދު އޮތީ ފުރިފައެވެ. އެމަނިކުފާނަށް ތާއީދު ކުރައްވާ ސަޕޯޓަރުން ގިނަ އަދަދަކަށް އެ ސަރަހައްދުގައި ތިއްބެވިއެވެ. 

ހަރުގޭގައި ކުރިއަށް ގެންދިޔަ ރައީސް ސޯލިހުގެ ކެމްޕޭނު ޖަގަހައިގެ ތެރެއިން 

އޭގެ އިތުރުން ހަރުގެއާއި ކުރިމަތީ އާޓިފިޝަލް ބީޗު ސަރަހައްދުގައި އިދިކޮޅުގެ ފޯރިގަދަ ހަރަކާތެއް އޭރު އޮތީ ފައްޓާފައެވެ. އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ގެންދިޔައީ އަޑުއުފުލަމުން ނެވެ. 

ޖަލްސާ ފެށިގެން ނިމެން ދިޔައިރުވެސް އިދިކޮޅުގެ މުޒާހަރާގެ އަޑަށް ކުޑަވެސް ބަދަލެއް ނާދެއެވެ. 

ރައީސް ސޯލިހު ވާހަކަދައްކަވަމުން ގެންދިޔައިރުވެސް އިދިކޮޅުން ދިޔައީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހަރާން ހުކުން ބާތިލުކުރުމަށް ގޮވާލާ އަޑުއުފުލަމުން ނެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުގެ ވަޒީރުންގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުން ދިޔައެވެ. 

އެހެން ނަމަވެސް އިދިކޮޅުގެ އެ ހަރަކާތް ފެއްޓިފަހުން ހުއްޓުވުމަށް ފުލުހުން ރޭ މަސައްކަތް ކޮށްފައެއް ނުވެއެވެ. ހަރަކާތް ނިމެންދެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތީ ދީފައެވެ. 

އަނެއްކޮޅުން އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ޖަލްސާވެސް މެދުކަނޑާލާފައެއް ނުވެއެވެ. ޖަލްސާވެސް ތާވަލާއި އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމާލުމަށްފަހު ރައީސް ވަޑައިގަތް އިރުވެސް އެ ސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. 

ދެ ހަރަކާތް އެއްތަނެއްގައި ހިންގީ ހަމަނުޖެހުމެއް ނެތި 

ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހޫނުވެ ހަމަނުޖެހުމަށް ބަދަލުވާ މަންޒަރުތައް ތާރީހުގައި ދިވެހިން ވަނީ ދެކެފައެވެ. އެއާއެކު ބުދަ ދުވަހުގެ ރޭ އެއް ސަރަހައްދެއްގައި އޮތް ދެ ހަރަކާތް ހޫނުވާނެކަމަށް ގިނަ ބަޔަކު ތިބީ އަންދާޒާކޮށް ހިސާބު ޖަހައިގެންނެވެ. 

އެހެން ނަމަވެސް ކަން ވީ ދިމާ އިދިކޮޅަށެވެ. 

ދެ ބައިމީހުންވެސް އެބަޔަކަށް ފެންނަ ޚިޔާލެއް ފާޅުކުރުމަށްފަހު ސުލްހަވެރިކަމާއެކު މައިދާން ދޫކޮށް ދިޔަ މަންޒަރަކީ ޑިމޮކްރަސީއަށް ލޯބިކުރާ މީހަކަށް ހިތްގައިމު މަންޒަރަކަށް ވާނެއެވެ. 

އިދިކޮޅުގެ ޕޯޑިއަމްގައި ސަރުކާރާއި ރައީސް ސޯލިހަށް ހޫނު ބަހުގެ ހަމަލާތައް ރައްދުކުރަމުން ދިޔައިރު، އިދިކޮޅުގެ ސަޕޯޓަރުންގެ މެދުގައި އޮތް ފޯރި އުތުރި އަރަމުން ދިޔައެވެ. ރައީސް ޔާމީން މިނިވަންކުރުމަށް އަޑުއުފުލަމުން ދިޔައީ ސަރުކާރުގެ ކަންފަތުގައި އެ އަޑުތައް އިއްވުމަށެވެ. 

އެހެން ނަމަވެސް، އެ އަޑުތައް އިއްވުމަށްފަހު އިދިކޮޅުން ސަރަހައްދު ދޫކޮށްދިޔައީ އެއްވެސް ހަމަނުޖެހުމެއް އުފައްދަން މަސައްކަތް ނުކުރުމަށް ސަޕޯޓަރުންނަށް އަންގާފައެވެ. އަދި ހަރަކާތް ނިމުމުން އެތަނުގައި އިތުރަށް މަޑު ނުކުރުމަށް އަންގާފައެވެ.

ޒިންމާދާރު ސިޔާސީ ޕާޓީއެއް އިދިކޮޅުގައި އޮތުމަކީ ޚިޔާލު ފާޅުކުރަން ލިބޭ ފުރުސަތުގެ ނާޖާއިސް ފައިދާ ނަގާ ހަމަޖެހުން ނަގާލަން މަސައްކަތް ނުކުރާނެ ކަމުގެ އަލި ގަދަ ހެއްކެއްކަން ރޭ ޕީޕީއެމުން ދެއްކި ނަމޫނާއިން ހާމަވެގެން ދިޔައެވެ. 

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން

އަނެއްކޮޅުން އެމްޑީޕީ މައި ހަރުގޭގައި ވެސް ކުރިއަށް ގެންދިޔައީ ހަމަ އެވަރުގެ ފޯރިގަދަ ޖަލްސާއެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ އެމަނިކުފާނުގެ ފުރަތަމަ ޖަލްސާއެވެ. 

ޖަލްސާއަށް ކުޑަވެސް އުނދަގުލެއް ފޯރާނަމަ އެކަން ހުއްޓުވުމުގެ ފުރިހަމަ އާރާއި ބާރު މިއަދު ރައީސް ސޯލިހުގެ އަތްޕުޅުގައިވެސް އެބައޮތެވެ.

ބޭނުންފުޅުވާނަމަ އެންމެ ފޯނު ކޯލަކުން، އިދިކޮޅުގެ ހަރަކާތް ހުއްޓުވާލެވުނީހެވެ. އަދި އެ ސަހަރައްދަށް އެއްވެ ތިބި މީހުން އެ ސަހަރައްދުން ފައްސާލެވުނީހެވެ. 

އެހެން ނަމަވެސް ފެނިގެން ދިޔައީ ޚިޔާލު ފާޅުކުރުމަށް ޖާގަ ދެއްވި މަންޒަރެވެ. އެއީ ރާއްޖެ ބޭނުންވެގެން މިއުޅޭ ޑިމޮކްރަސީގެ ރީތި އުސޫލެވެ. 

ޚިޔާލު ފާޅުކުރުމުގެ ހައްގު ތަންމިނަށް!

ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ ހައްގު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބޭތާ ކިތަންމެ ދުވަހެވެ. ބުދަ ދުވަހުގެ ރެއަކީ އެ ހައްގު ރައްޔިތުންނަށް ތަންމިނަށް ހުޅުވިގެންދިޔަ ރެއެކެވެ.

ވާދަވެރި އޮޕޮސިޝަނަށް އެމީހުންގެ އަޑު ހަރުކޮށް ބާރުކޮށް އިއްވުމުގެ ފުރުސަތު ލިބުނެވެ. އަދި އެ ލިބުނު ހައްގުގެ ބޭނުން އިދިކޮޅުން ހިފީ ޒިންމާދާރުކަމާއެކުގައެވެ. ހަމަނުޖެހުމަކަށް ކުޑަވެސް ޖާގައެއް ނުދީ އެ ހައްގުގެ ބޭނުން ހެޔޮ ގޮތުގައި ހިފިތަން ފެނިގެން ދިޔައެވެ. 

ބުދަ ދުވަހުގެ ރޭ ތާރީޚީ ރެޔަކަށް ވަނީ މިއީ މަދުން ނޫނީ ފެންނަ މަންޒަރަކަށް ނުވާތީއެވެ. ވާދަވެރި ސިޔާސީ މާހައުލެއްގައި ތަހުޒީބު މުޖުތަމައެއްގައި އަމަލު ކުރާނެ ގޮތުގެ ފުރިހަމަ މިސާލު ބުދަ ދުވަހުގެރޭ ފެނިގެން ދިޔައެވެ. 

ޚިޔާލު ތަފާތުވުންތައް ހުއްޓަސް، ޚިޔާލު ފާޅުކުރުމުގެ ހައްގު ލިބެން ޖެހެއެވެ. އަދި ހަމަނުޖެހުން ނުހިންގާވެސް ޚިޔާލު ފާޅުކޮށް އަޑުއުފުލިދާނެކަން ރޭ ދިވެހިން ދަސްކޮށްފިއެވެ. އުންމީދަކީ ޑިމޮކްރަސީގެ ހަޔާތުގައި މި ލިބުނު ފުރުސަތު މި ގޮތުގައި ދެމިގެން ދިއުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ