ރައީސް ޞާލިހު ގެ ކެންޕެއިން ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ--ފޮޓޯ/ ވޮއިސް
06 Jan 2023 | 14:41
ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީ މެންބަރުންނަށް ކުރެވޭ މަލާމާތެއް: މާރިޔާ

ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ހިއްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށް ބުނެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީީީީދީ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ. 

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުނުކުރާ މުވައްޒަފުންނަށް ވަޒީފާގައި ނުތިބެވޭނެކަމަށް ވިދާޅުވެ ބައެއް ވަޒީރުން އިންޒާރުދެމުންދާކަމަށް އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ތުހުމަތުކޮށް ވަނީ ބަޔާނެއް ނެރެފައެވެ. 

އެ ބަޔާނަށް ރައްދު ދެއްވައި އެމްޑީޕީ ޕްރައިމަރީގެ ރައީސް ޞާލިހުގެ ތަރުޖަމާނު މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށެވެ. 

"ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މި ބިޔަ ބޮޑު ޕާޓީ ގެ ހިއްވަރު ގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް!" މާރިޔާ ވިދާޅުވިއެވެ. 

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރުގައި އެމްޑީޕީގެ މެންބަރުން ނިކުމެ ބަދަލުކުރާން ވޯޓުލީ އެތައް ކަމެއް އަނބުރާ އިއާދަވަމުންދާކަމުގެ ޝަކުވާ ޕާޓީގެ މެންބަރުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ވަޒީފާތަކުގައި ތިބި ނަޝީދަށް ތާއީދުކުރާ މުވައްޒަފުން އެމީހުން ވަޒީފާ އަދާކުރާ ރަށްނޫން އެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި، އެގޮތަށް ވަޒީފާ ބަދަލުކުރުމުގެ ބޭނުމަކީ ވޯޓުލުން އޮންނަ ދުވަހު ވޯޓުން މަހުރޫމުކުރުމާއެކު އެމީހުންގެ ރަށްރަށުގައި ރައީސް ނަޝީދަށް ތާއީދު ހޯދަން މަސައްކަތްކުރުމުން ދުރުކުރުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރައީސް ޞާލިޙުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ ވެރިން އަންގަވައި، އެ ހަރަކާތްތަކަށް ނުދާ މުވައްޒަފުންނާމެދު ފިޔަވަޅުއަޅާނެކަމުގެ އިންޒާރުދެމުންދާކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

ހަމައެހެންމެ ރައީސްގެ ކެމްޕޭނަށް ސަރުކާރުގެ އޮފީސްތައް ބޭނުންކުރަމުންދިއުމާއި، ސަރުކާރުގެ އިސް ބައެއް ވެރިން މަޤާމުގެ ނާޖާއިޒު ބޭނުން ހިފަމުން އަންނަކަމުގެ ޝަކުވާވެސް ނަޝީދުގެ ކެމްޕެއިން ޓީމަށް ލިބިފައިވާކަމަށް އެ ޓީމުން ބުނެއެވެ.

"މީގެ އިތުރުން، ވާދަވެރި ކެނޑިޑޭޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާކަމުގެ ޝަކުވާތައްވެސް ދަނީ ލިބެމުންނެވެ. އެގޮތުން، ވާދަވެރި ކެނޑިޑޭޓަށް ތާއީދުނުކުރާ މުވައްޒަފުންނަށް ވަޒީފާތަކުގައި ނުތިބެވޭނެކަމަށް ބުނެ ބައެއް މިނިސްޓަރުން މިނިސްޓްރީތަކުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދަމުންދާކަމުގެ ޝަކުވާތައްވެސް ލިބެމުންދެއެވެ.،" ނަޝީދުގެ ކެމްޕޭން ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިއާއެކު އެ ބަޔާނުގައި ވަނީ މެންބަރުންނަށް ދައްކާ ވަޒީފާގެ ބިރަށް ފަހަތަށް ނުޖެހި، އެ މެންބަރުންގެ ސިޔާސީ ފިކުރާ އެއްގޮތަށް މަސައްކަތްކުރުމަށް ސަރުކާރުގައި ވަޒީފާ އަދާކުރާ އެމްޑީޕީގެ އާންމު މެންބަރުންނަށް އިލްތިމާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.