މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު: ފޮޓޯ/ މަޖިލިސް
ހަބަރު
08 Jan 2023 | 10:44
ރައީސް ނަޝީދަށް ވުރެ މައުމޫނީ ފިކުރު ބޮޑު މީހަކީ ކާކުތޯ؟: އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވުރެ "މައުމޫނީ ފިކުރު" ބޮޑު މީހަކީ ކާކުތޯ ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ސުވާލުކުރައްވައިފިއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވަނީ "މައުމޫނީ ފިކުރެއް" އުފަންވަމުން ދާތީ އެކަމާ ކަންބޮޑުވެ ވަޑައިގެންނެވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި އިއްސެ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ރައީސް ނަޝީދަށް ވުރެ މައުމޫނީ ފިކުރު ބޮޑު މީހަކީ ކާކުތޯ ސުވާލު ކުރައްވާފަ އެވެ. 

"ޕާޓީ ރައީސް! މަޖިލީސް ރައީސް! ބޮޑު ވަޒީރު! 2008، 2013، 2018، 2023ގެ ރިޔާސީ ޓިކެޓު! އަމިއްލަ ހަރު މުދަލަށް އެމްޑީޕީ ހަދައި ތަފާތު ހިޔާލު މީހާ ހަވަރަށްދީ، ތާއަބަދު ވެރިކަން ބޮޑުކަން އަތްގަދަކަމަށް ތޮޅެނީ ކާކުތޯ؟" އިއްސެ ވިދާޅުވި އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހު 28 ގައި ބާއްވާ އިރު، ދުވަސް ކައިރިވަމުން އަންނަ ވަރަށް ކެންޕެއިން ފޯރިގަދަވެ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެމުންދާ ބަހުގެ ހަމަލާތައް ވެސް  އަންނަނީ ހޫނުވަމުންނެވެ.

އެގޮތުން ދ ކުޑަހުވަދު އަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ތަރައްގީ ލިބޭނީ ވަޒީރުންނާއި ދައުލަތުގެ ވަޒީރުންގެ ކިބައިން އާދޭސްކޮށްގެން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އަދި ކުރިން ރަައްޔިތުންނަށް ތަރައްގީ ލިބެނީ މަޖިލިސް މެމްބަރުންނާއި ވަޒީރުންނަށް ކަންކަން ކޮށްދީގެން ކަމަށް ވިދާޅުވެ، ވެރިކަމަށް އަލުން ކުރިމަތިލައްވަނީ އެ ފިކުރު އުފަންވަމުން ދާތީ އަދި އެކަމާ ކަންބޮޑުވާތީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އަލުން ނުކުމެ އެނބުރި އައިސް މި ހުރީ ކަންބޮޑުވެގެން. އަޅުގަނޑުމެންގެ ތެރޭގައި ޑިމޮކްރަސީއާ ދުރު، އަޅުގަނޑު ދަންނަވާނީ މައުމޫނީ ފިކުރެއް އެބަ ވަދެއޭ،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.