ރައީސް ނަޝީދާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން/ ފޮޓޯ: އެމްޑީޕީ
ހަބަރު
08 Jan 2023 | 11:12
މާބޮޑަށް ރިއެކްޓު ކުރީމަ ވެރިކަން ވެއްޓޭ: ހިސާން

ވެރިކަމުގައި ހުންނަވާ ބޭފުޅަކު މާބޮޑަށް ރިއެކްޓު ކުރެއްވުމަކީ ބައެއްފަހަރު ވެރިކަން ވެއްޓޭކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާނު ހުސެއިން ވިދާޅުވެއްޖެ އެވެ. 

ހިސާން މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރިއެކްޓު ނުކުރައްވާކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ރޭ ނ ވެލިދޫގައި އޮތް ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ނަޝީދުގެ ވަފާތެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން ހުންނެވި ހިސާސް ހުސެއިން ނަޝީދަށް އަމާޒުކުރައްވާ ވިދާޅުވީ ކަންކަމުގައި މާ ގަދައަށް ރިއެކްޓު ކުރުމަކީ މާ ގަދަކަމެއް ނޫންކަމަށެވެ. އަދި ކުއްލި ކުއްލިއަށް ކަންކަމުގައި ރިއެކްޓު ކުރައްވާނަމަ ނިކުންނާނެ ނަތީޖާވެސް މާ ރަނގަޅު ނުވާނެކަމަށް ވިދާޅުވިއެވެ. 

ބައެއް ފަހަރު ކުއްލި ކުއްލިއަށް ރިއެކްޓު ކުރުމުގެ ސަބަބުން ވެރިކަން ވެއްޓޭތަންވެސް ފެންނަކަމަށް ހިސާން ވިދާޅުވިއެވެ. 

""އަނެއްބައި ފަހަރު މާ ގަދައަށް ރިއެކްޓް ކުރެއްވީމަ ވެރިކަން އެބަ ވެއްޓިގެންދޭ"

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން 

ހިސާންގެ ވާހަކައިގައި އިޝާރާތް ކުރައްވާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތަށްކަމަށް ބެލެވެއެވެ. 

ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތްކޮށް، އިސްތިއުފާދިނުމަށް މަޖުބޫރުކޮށްގެންކަމަށް މީގެކުރިން އެމްޑީޕީއިން ބުނަމުން ދިޔަ ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް އެ ހާދިސާގެ ތަރުޖަމާތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އަދި ނަޝީދަށް ވެރިކަން ގެއްލުނީ ޚުދު އެމަނިކުފާނަށް އެ ދުވަހުގެ ހާލަތު ކޮންޓްރޯލުކުރަން ނޭނގުމުންކަމަށް ދޭހަވާ މޭރުމުން އެމްޑީޕީގެ މެމްބަރުން ދަނީ ވާހަކަދައްކަވަމުން ނެވެ. 

ޚުދު ރައީސް ޞާލިހުވެސް ވަނީ ފަސްއަހަރުގެ ދައުރެއް ލިބިވަޑައިގެންފިނަމަ ތިން އަހަރުކޮށްފައި ވެރިކަން ދޫކޮށް ނުލައްވާނެކަމަށް ވިދާޅުވެ ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.