ބާބާ ގާޑިޔާ -- ފޮޓޯ/ ބާބާ ގާޑިޔާ ފޭސްބުކް
ހަބަރު
08 Jan 2023 | 12:29
ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަށްފަހު ބާބާ ގާޑިޔާއިން މައާފަށް އެދިއްޖެ

މުޅި ރާއްޖެއަށް މަޝްހޫރު ބާބާ ގާޑިޔާއިން، ފުވައްމުވައް ސިޓީގައި ހުންނަ ވެމްކޯ އޮފީސް ދޮރުމައްޗަށް ކުނި އެޅުމަށްފަހު، އެކަމާ މައާފަށް އެދިއްޖެއެވެ.

އާއްމުންގެ މީހަކު ރޭ ފޭސްބުކްގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ، ބާބާ ގާޑިޔާގެ ވެރިޔާ އަދި އަމަލީގޮތުން ގާޑިޔާ ހިންގުމުގައި ހަރަކާތްތެރި ވަމުންދާ ހަސަން އަތީގް، އެރަށު ވެމްކޯ އޮފީސް ނަންބޯޑު ކުރިމައްޗަށް ކުނި އަޅާތަނެވެ.

ފޭސްބުކްގައި ވެމްކޯ ޓެގް ކުރަމުން ޕޯސްޓުކޮށްފައިވާ އެ ވީޑިއޯ ޕޯސްޓުކުރި މީހާ ބުނެފައި ވަނީ، ބާބާ ގާޑިޔާއިން ކުނި ނުނަގާތީ ވެމްކޯއަށް ދިން އިންޒާރާ އެއްގޮތަށް ވެމްކޯ އޮފީސް ދޮރުމައްޗަށް ކުނި އަޅައިފި ކަމަށެވެ.

ހިތްހަމަ ނުޖެހިފައި ހުރެ، ވެމްކޯ ދޮރުމައްޗަށް ކުނި އަޅަމުން، އަތީގް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ފުވައްމުލަކު ބަހުން ވާހަކަ ދައްކަމުން އަތީގް ބުނާ ގޮތުން، ބާބާ ގާޑިޔާއިން ކުނި ގެންދަން ޖެހެނީ އަބަދު ގުޅައި ބުނެގެން ކަމަށާއި، ނަމަވެސް ކުނި ނަގަން ބަރާބަރަށް ފައިސާ ދައްކާ ކަމަށެވެ.

ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ކުނި ނަގަންޖެހޭ ދުވަސް ކަމަށާއި އެދުވަހު ކުނި ނުނަގާ ކަމަށާއި އަދި ބުރާސްފަތި ދުވަހަކީވެސް ކުނި ނަގަންޖެހޭ ދުވަސް ކަމަށްވީ ނަމަވެސް އެދުވަހުވެސް ކުނި ނުނަގާ ކަމަށް އަތީގް ބުނެއެވެ. އަދި ހޮނިހިރު ދުވަސް އައިިރުވެސް ކުނި ނުނަގާތީ ކުނިތައް ހިފައިގެން ގޮސް ވެމްކޯ ކުރިމައްޗަށް އެޅީ ކަމަށް ވީޑިއޯގައި އޭނާ ބުނެއެވެ.

ބާބާ ގާޑިޔާގެ ކުނި ނުގެންގޮސް ގިނަވެފައި -- ފޮޓޯ/ ބާބާ ގާޑިޔާ

އެކަމާ ގުޅިގެން އަތީގް މިއަދު ފޭސްބުކްގައި ވަނީ، އޭނާގެ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

އަތީގް ބުނީ، ރޭ އެފަދައިން ކަންތައް ކުރެވުނީ 'ފްރަސްޓްރޭޓް' ވެފައި ހުރި ވަރުން، ކެތް ނުވެގެން ކަމަށެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރު ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އަތީގް ބުންޏެވެ.

މީގެ އިތުރުން، ވެމްކޯގެ ކިބައިންވެސް މާފަށް އެދެމުން އަތީގް ބުނެފައި ވަނީ، ބާބާ ގާޑިޔާއިން ބަރާބަރަށް ކުނި ގެންދިއުމަށް ވެމްކޯއަށް ނަސޭހަތްތެރިވާ ކަމަށެވެ.

ކޮވިޑް-19 ގެ ކުރިން ރިސޯޓެއްގެ ފުޑްއެންޑް ބެވަރޭޖް ދާއިރާގައި މަސައްކަތް ކުރި އަތީގް، އޭނާގެ އަމިއްލަ ވިފަޔާރިއެއް ކަމަށްވާ ބާބާ ގާޑިޔާގެ ހިދުމަށް ފަށައިގަތީ މިދިޔަ އަހަރުއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުވައްމުލަކާއި މުޅި ރާއްޖެއަށް މަޝްހޫރުވެގެން ދިޔަ ބާބާ ގާޑިޔާއަށް އެކި ފަންތީގެ މީހުން ޒިޔާރަތް ކުރެއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފުވައްމުލަކަށް ކުރެއްވި ދަތުރުގައިގެސް ބާބާ ގާޑިޔާއަށް ޒިޔާރަތް ކޮށްފައިވެއެވެ.

ކޮމެންޓް
އަތީގުގެ ކޮއްކޮ
މީހެއްގެ ފެންވަރު ހާމަވެގެން ދާނީ އެމީހަކު ހިތް ހަމ ަނުޖެހޭ ކަނތަކާއި މެދު އަމަލު ކުރ ާގޮތުން- ބާބާ ގާޑިޔާ އަތީގު އަކީ އަދި މާ އާރުލާ މީހެއް ޏުންކަން އެނާގެ އެއަމަލުން ސާބިތުވޭ!
10 Jan 2023
ގުޅޭ ލިޔުންތައް
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ
23 Sep 2026
މުނިފޫހިފިލުވުމަށް ހާއްސަކޮށް ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
މި މަޝްރޫއުގެ މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުން ކަމުގައި އެޗްޑީސީން ބުންޏެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ޕީއެންސީގެ ވަފުދުން ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި
ޕާކިސްތާނުގެ ޕާލަމެންޓް ހައުސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބައި މީހުންގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ގުޅުން ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން ފުޅާކުރުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.