ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ހޯމް މިނިސްޓަރު ޢިމްރާން އަބްދުﷲ--
ހަބަރު
08 Jan 2023 | 14:26
"މުޒާހަރާއިން އަންހެންބޭފުޅުން ހައްޔަރު މިކުރަނީ ކޮންނުލަފާ ރޭވުންތެރިކަމެއްގެ ތެރެއިންތޯ؟"

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބާއްވާ މުޒާހިރާތަކުން މިހާރު އާދަޔާޚިލާފަށް އަންހެންބޭފުޅުން ހައްޔަރުމިކުރަނީ ކޮން ނުލަފާ ރޭވުންތެރިކަމެއްގެ ތެރެއިންތޯ ހޯމް މިނިސްޓަރު ޢިމްރާން އަރިހުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ. 

ނިމިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިދިކޮޅުން ވަނީ އެ ހުކުމް ބަލައި ނުގަންނަކަމަށް ބުނެފައެވެ. އަދި އެ ހުކުމަކީ "ހަރާން" ހުކުމެއްކަމަށް ބުނެ އިދިކޮޅުން ދަނީ ސިލްސިލާގޮތެއްގައި މުޒާހަރާ ކުރަމުންނެވެ. 

އެގޮތުން ރޭވެސް މާލޭގައި އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފަ އެވެ. 

މުޒާހަރާ ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން އެ މުޒާހަރާއަށް ހުރަސްއަޅާފައިވާއިރު މުޒާހަރާ ރޫޅާލުމުގެ ތެރެއިން 12 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. 

އެގޮތުން ހައްޔަރުކުރެވުނު މީހުންގެ ތެރެއިން 7 މީހުންނަކީ އަންހެނުން ކަން ފާހަގަކުރައްވައި، އެ މީހުންގެ ފޮޓޯ ހިއްސާ ކުރައްވަމުން ޝިޔާމް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ، މުޒާހަރާ ތެރެއިން އާދަޔާ ޚިލާފަށް އަންހެނުން ހައްޔަރު ކުރަނީ ކޮން ނުބައި ރޭވުން ގަނޑެއްގެ ތެރެއިންތޯ ހޯމް މިނިސްޓަރު އިމްރާން އަރިހުން ސުވާލު ކުރައްވާފައެވެ. 

އިދިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންތެރޭގައި ނޫސްވެރިއެއްވެސް ހިމެނޭ އިރު އެ އެންމެންވެސް މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. 

ކޮމެންޓް
ޓިނުވަރު
މުސްކުޅި އަންހެން ބޭކަބަލުން މަގުތަކަށް ނެރި ހަޔާތް ތިޔަ ކަނޑުވަނީ ކޮންނުބައި ރޭވުންތެރި ކަމެއްގަތޯ،
09 Jan 2023
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.