އައްބާސް އާދިލް ރިޒާ: ފޮޓޯ/ ސޯޝަލް މީޑިއާ
ހަބަރު
08 Jan 2023 | 14:49
އައްބާސްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

އިންޑިއާ އެންބަސީގައި ހުޅުޖަހަން ހިތްވަރުދޭ ފަދަ މޭރުމަކުން މީސްމީޑިއާގައި ވާހަކަ ދެއްކުމުން ހައްޔަރުކުރި އައްބާސް އާދިލް ރިޒާ ގެ ބަންދުގެ އަނެއްކާވެސް އިތުރުކޮށްފި އެވެ.

އެ މައްސަލައިގައި އައްބާސް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހު 25 ވަނަ ދުވަހު ކެފޭ އެއްގައި ސައިބޯން އިންދައެވެ. އޭނާ ހައްޔަރު ކުރީ އެސްއޯ ފުލުހުންނެވެ.

މިކަމާއި ގުޅިގެން އޭރު ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެދުވަހު އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު އެ މުއްދަތު ހަމަވުމުން، އޭނާގެ ބަންދަށް ވަނީ އަލުން ހަތް ދުވަސް ޖަހާފައެވެ.

އޭނާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުކޮށްދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެގޮތުން ބަންދަށް ހަތް ދުވަސް ވަނީ އިތުރުކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގައި ހުޅު ޖެހި މައްސަލައިގެ ބަދަލު އަދި ނުހިފޭ ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން "އިންޑިއާ އެމްބަސީން" ފަށަން ކިހިނެއްވާނެތޯ ސުވާލު އުފައްދައި އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުން ވަނީ ޓުވީޓުކޮށްފައެވެ. 

އައްބާސް އާދިލް ރިޒާއަކީ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިންގާ ކެންޕެއިންއެއް ލީޑު ކުރާ ފަރާތެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ނަފްރަތު އުފެދޭ ގޮތަށް ތަކުރާރުކޮށް، ޓުވީޓްކޮށް، އަމަން ގެއްލޭ ފަދަ ވާހަކަ ދައްކާ މައްސަލައިގެ އެވެ.

އައްބާސް އާދިލް ރިޒާގެ ޓުވީޓާއި ގުޅިގެން ފޮރިން އެފެއާޒުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީއާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ސަރުކާރުގެ ފަރާތުން އަޅާފައި ވާކަމަށަ އެ ނޫސްބަޔާނުގައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.