އަރަބިކަރައިގެ ފަރުބަދަ ތަކުގެ މަތީގައި ފިނަ ފަޅައި ފެހިވެފައި: ފޮޓޯ/ ހަރަމައިން ޝަރަފައިން ޓުވިޓާ
ހަބަރު
08 Jan 2023 | 16:51
އަރަބިކަރައިގެ ބިން ފެހި ކޮށްލައިފި؛ ޢިލްމުވެރިން ވިދާޅުވަނީ ވަރުގަދަ އިންޒާރެއްގެ ވާހަކަ

ހަނަފަސް ކަމާއި ފަރުބަދަތަށް އެކުލެވިގެން އުފެދިފައިވާ އަރަބިކަރައިގެ މައްކާ އާއި މަދީނާ އަދި ޖިއްދާގެ ބިމުން ފެހިކަން ފެނިގެން އެތައްހާސް ބައެއްގެ ސަމާލުކަން އެކަމަށް ދެވިގެން ގޮސްފައިވާއިރު، އެކަމާއި ގުޅިގެން ދީނީ ޢިލްމުވެރިން ވަރަގަދަ އިންޒާރެއްގެ ވާހަކަ ހަނދާން ކޮށްދެއްވައިފިއެވެ. 

އަހަރެއްގެ މައްޗަށް އާއްމުކޮށް މައްކާ މަދީނާއަށް ވާރޭ ވެހެނީ 2 ނުވަތަ ތިން ފަހަރު އެވެ. އޭގެ ސަބަބުން ފާއިތުވި އަހަރުވެސް ސައުދީ އަރަބިއްޔާގައި ހަނަފަސްކަން އިތުރުވެ، އެ ގައުމުގެ ބޮޑެތި ހުރިހާ މިސްކިތެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް ވެސް މިދިޔަ ނޮވެމްބަރު މަހު ވަނީ އަންގާފައެވެ. 

އެއަށްފަހު މި އަހަރު ފެށިގެން ގޮސްފައިވަނީ ސައުދީ އަރަބިއްޔާއަށް މި އިން ޒަމާނަކުވެސް ވާރޭ ނުވެހޭ ވަރަށް ވާރޭ ވެހުނު ދުވަސްތަކަކާއި އެކުގައެވެ. އެގޮތުން ފާއިތުވި ހަފްތާ ތަކުގެ ތެރޭގައި ދޭތެރޭ ދޭތެރެއިން އެ ގައުމަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، އޭގެ ސަބަބުން އެކި ފަހަރު މަތިން ސުކޫލު ތަކުގެ ކިޔެވުންވެސް ވަނީ ކެންސަލް ކޮށްފައެވެ. 

މިއަހަރުގެ ފާއިތުވި ދުވަސްތަކުގައި ވެހުނު ވާރޭއަަށްފަހު، ގިނަ ތަންތަނުގައި ފެން ކޯރު ހެދި ބިންގަނޑަށް ތެތް ކަމާއި އާރޯކަން ލިބިގެން ގޮސްފައިވާއިރު، އޭގެ ސަބަބުން ސަޢުދީ ޢަރަބިއްޔާގެ ބިންތައް ވަނީ ފެހިކޮށްލާފައެވެ. އެގޮތުން މައްކާ އިން މަދީނާއަށް ދާ މަގާއި، މައްކާ، މަދީނާ އަދި ޖިއްދާގެ ބިންވެސް ވަނީ ވަރަށް ބޮޑަށް ފެހި ވެފައެވެ. މި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުން އަރަބި ކަރައިގެ ފަރުބަދަތައްވެސް ވަނީ ވިނަ ފަޅައި ފެހިވެފައެވެ.  މިއީ ފަހުގެ ތާރީހެއްގައި ވެފައި ނުވާކަމެއް ކަމަށް ސައުދީ އަރަބިއްޔާއިން ވެސް ވަނީ ބުނެފައެވެ. 

އަރަބިކަރައިގެ ބިން ފެހި ވުމުން އެކަމާއި އުފައުކޮށް، އެ ރީތި ކަމަށް ގިނަ ބަޔަކު ތައުރީފު ކުރަމުންދާއިރު، ދީނީ ޢިލްމުވެރިން ވަނީ ޢަރަބިކަރަ ފެހިވުމާއި ގުޅިގެން ވަރުގަދަ އިންޒާރެއްގެ ވާހަކަ ހަނދާން ކޮށްދެއްވާފައެވެ. 

އެގޮތުން، ޢަރަބީންގެބިމުގައި ފެނުގެ ކޯރުތައް އުފެދި، ބިންތަކަށް ފެހިކަން އައިސް ދިރިގެންދިއުމަކީ ޤިޔާމަތް ވުމުގެ ކުދި ޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އަހަރެމެންގެ ރަސޫލާ ޞޢވގެ ސައްހަ ޙަދީޘުން ވާރިދުވެފައިވާ ކަމަށް ޢިލްމުވެރިން ވަނީ ހަނދުމަ ކޮށްދީފައެވެ.

އަބޫހުރައިރާ ރޢ ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. 

"ރަސޫލާ ޞޢވ ހަދީޘް ކުރެއްވިއެވެ. ....އަދި ޢަރަބީންގެ ބިމަށް (ވިނަޔާއި ގަސްގަހާގެހީގެ) ފެހިކަމާއި ކޯރުތައް އެނބުރި ނާންނަނީސް ޤިޔާމަތުގެ ވަޤުތު ޤާއިމު ނުވާހުއްޓެވެ." (ޞަޙީޙު މުސްލިމް)

ކޮމެންޓް
ޢަލީ
ޙަދީސްގެ މާނަޔަށް ވެދާނެ ގިޔާމަތްވުމުގެ ކުރިން މުސްލިމުންނަށް ލިބޭނެ މުއްސަނދި ކަމުގެ ވާހަކަ ކަމަށްވެސް. ފައިސާހުރިއްޔާ ކޯރުތައްހަދާ ބަގީޗާވެސް ހެއްދޭނެ. ކުވޭތުގަ ކޮނެގެން ކޯރުގެ ރަށެއް އެހަދަނީ.
08 Jan 2023
ގުޅޭ ލިޔުންތައް
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
12 Aug 2026
މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް
"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކު ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި އޮގަސްޓް 26 އިން 28 އަށެވެ.
12 Aug 2026
ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެން ދާނަމަ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ
ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22 ރުފިޔާ އާ ހިސާބަށް ހިނގައްޖެކަމަށާއި، މިގޮތަށް ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް މައްޗަށްގޮސް އެންމެފަހުން ބައްދަލުކުރާނީ ހައިޕާ އިންފްލޭޝަނަކާކަން ރައީސް ނަޝީދު ވިިދާޅުވިއެވެ
12 Aug 2026
ދިރާގުން ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު އަޕްޑޭޓްކުރުމަށް އެދިއްޖެ
ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ސައްޙަތޯ ކަށަވަރުކޮށް އެ މަޢުލޫމާތު އަޕްޑޭޓްކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.
12 Aug 2026
މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
މުހިންމު މަސައްކަތް ނުނިމި ހުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދު ފާސްކޮށްފިއެވެ.