ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް: ފޮޓޯ/ ވޮއިސް
ހަބަރު
08 Jan 2023 | 16:12
ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާއެއް މިރޭ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ގެ ކެންޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. 

އިދިކޮޅުން ބުނީ، ރައީސް ޔާމީން ގެ ކެންޕެއިން ޖަލްސާއެއް މިރޭ 8:45 ގައި ރެހެންދި ހިނގުމުގައި އޮންނާނެ ކަމަށެވެ. 

ރައީސް ޔާމީންއަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ހަވާލު ކޮށްފައިވާއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ، ވ. އާރަށު މައްސަލަ އާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރު ދުވަހަށް އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރުމާއި ގުޅިގެން ޖަލުގައެވެ. 

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވީ ނަމަވެސް އެމަނިކުފާނުގެ ކެމްޕެއިން ގެ ކަންކަން ކުރިއަށް ގެންދަވާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށް ބުނެ އިދިކޮޅުން ސިލްސިލާ ކޮށް ކޮންމެ ރެއަކު މާލޭގެ މަގުމަތީގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. 

އަދި ޔާމީން ޖަލަށްލީ މައްސަލަ މަތީ ކޯޓަށް ހުށަހަޅައިގެން ރައީސް ޔާމީން މިނިވަން ވެވަޑައިގަންނަވާނެކަމަަށްވެސް އިދިކޮޅުން ބުނެއެވެ. 

މީގެ އިތުރުން، ޖަލުން މިނިވަންވެ ވަޑައިގަތުމާއިއެކު، ކެންޕެއިން ގެ ކަންތަކުގައި ޢަމަލީގޮތުން ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ