މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --
ހަބަރު
09 Jan 2023 | 06:15
"ޓެކްސީތައް ސަރުކާރަށް ގަނެ ޑްރައިވަރުންނަށް އެހެން ހުނަރެއް ހޯދައިދޭން ފެނޭ"

ޓެކްސީތައް ސަރުކާރަށް ގަނެ ޑްރައިވަރުންނަށް އެހެން ހުނަރެއް ހޯދައިދިނުން ނުވަތަ އެޑްރައިވަރުންނަށް އެމްޓީސީސީން ވަޒީފާ ދޭން ފެންނަ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ،  ޓެކްސީ ޑްރައިވަރުންނާ ބައްދަލު ކޮށް، މާލޭގެ މަގުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އާންމު ދަތުރުތަކަށް އެންމެ ރަނގަޅީ ޕަބްލިކް ޓްރާންސްޕޯޓް ކަމަށާއި ބަހުގެ ނިޒާމް އޮންނަން ޖެހޭ ކަމަށް ޓެކްސީ ޑްރައިވަރުންނަށް ދެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ޓެކްސީ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ތަފާތެއްގެ ގޮތުގައި ހުށަހަޅާ ސިޔާސަތަކީ ޓެކްސީ ސަރުކާރަށް ގަނެ އަދި ޓެކްސީ ޑްރައިވަރުންނަށް އެހެން ހުނަރެއް ހޯދައިދީ ނުވަތަ އެޑްރައިވަރަށް ބަސްދުއްވާ ކުންފުނިން ވަޒީފާއެއް ދިނުން"ނަޝީދު ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ޓެކްސީ ޑްރައިވަރުން މުހިންމު ރޯލެއް އަދާ ކުރިއިރު،  މި ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ އެ މަސައްކަތް ބަލައެއް ނުގަނެއެވެ.

މާލޭގައި ބަސް ދަތުރުތައް ކުރަން ފެށުމާއެކު ޓެކްސީ ކުރާފަރާތްތަކުގެ އާމްދަނީ ވަރަށް ބޮޑުތަނުން ދަށްވެފައި ވާކަމަށް ޓޭކްސީ ޑްރައިވަރުން ބުނެއެވެ.

ކޮމެންޓް
ޅަހުއްތު
އޭގެމާނަޔަކީ ދެން ޓެކްސީވެސް ކުރާނީ ސަރުކާރު ކުންފުނިންނޭތޯ ނޫނީ މާލެ ސަރަހައްދުގައި ޓެކްސީ ދުއްވުން ހުއްޓާލަނީތޯ އެއްވެސް ދިރާސާއަކާ ނުލާ ވާހަކަ ދެއްކީމަ ދެން ފެންނާނީ ބޮޑުތަނުން ބޭޒާރުވާ މަންޒަރު ނޫންތޯ
09 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.