ނ އަތޮޅު ކަނޑޫދޫގެ މަންޒަރެއް/ ފޮޓޯ: އިންޓަނެޓު
ހަބަރު
09 Jan 2023 | 08:49
ކަނޑޫދޫ ވިއްކާލުމާ ދެކޮޅަށް ނ އަތޮޅު ކައުންސިލުން ކޯޓަށް!

ނ އަތޮޅު ކަނޑޫދޫ ދިގު މުއްދަތަކަށް ވިއްކާލުމަށް ސަރުކާރުން ނިންމާފައިވާތީ، އެކަމާއި ދެކޮޅަށް އެ އަތޮޅު ކައުންސިލުން މަދަނީ ކޯޓަށް މައްސަލަ ހުށައަޅައިފި އެވެ.

އެކަމާއި ދެކޮޅަށް ކައުންސިލުން ވަނީ ގަރާރެއްވެސް ނެރެފައެވެ. 

އެ ގަގާރުގައި ބުނެފައިވަނީ ނޫނު ދޮނައެރިކަނޑޫދޫ ފަތުރުވެރިކަމުގެ ބޭނުމަށް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ލާމަރުކަޒީ ޤާނޫނުގެ 8 ވަނަ މާއްދާއާ ހިލާފަށްކަމަށެެވެ. އަދި ސަރުކާރުން އެކަން ނިންމާފައިވަނީ އެ ކައުންސިލާއި އެއްވެސް މަޝްވަރާއެއްވެސް ކުރުމަކާ ނުލާ ކަމަށެވެ. 

ގުދުރަތީ ވަސީލަތްތަކާއި ބިން ދެމެހެއްޓެނިވިގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭފަދައިން، އާއްމު ހައްގު ގެއްލޭގޮތަށް، "ނޫނު އަތޮޅު ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭން" އާއި ކަނޑައެޅިގެން ޚިލާފަށްކަމަށް ނ. އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ. 

އެތައް ޒަމާނަކުންސުރެ، ނޫނު އަތޮޅު ރައްޔިތުން ބަލަހައްޓަމުން މުއްސަނދިކުރަމުން ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިމިވާ ގުދުރަތީ ދިރޭ މުދަލުގެ މުއްސަންދިކަމުން، އާއްމު ހައްގުން ރައްޔިތުން ނިޒާމީގޮތެއްގައި ސަރުކާރުތަކުން ރާވައިގެން މަހުރޫމުކުރަމުންދާ ދިއުމަކީ އަދުލުވެރިކަމުގެ ބޭރުން ހިނގާމުންދާ ބޮޑު ބޭއިންސާފެއްކަމުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރިކަމަށް ނ. އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ. 

އޭގެއިތުރުން ރައްޔިތުންގެ ރުހުން ހޯދައިގެން މެނުވީ ދިގުމުއްދަތަށް ރަށްރަށާ ފަޅު ދޫނުކުރުމަށާ އެކަން އެގޮތަށް ކުރިޔަ ނުދިނުމަށް ނ އަތޮޅު ކައުންސިލްގެ އިއްތިފާގުން ނިންމާފައިވާކަމަށް ކައުންސިލުން ނެރުނު ގަރާރުގައި ވަނީ ބުނެފައެވެ. 

ނ. އަތޮޅު ކައުންސިލުން ބުނީ އެ އަތޮޅުން ދަނޑުވެރިކަމާ ފަތުރުވެރިކަމުގެ ބޭނުމަށް މިހާތަނަށް ދިގުމުއްދަތަށް ދޫކުރެވިފައިވާ އެންމެހާ ރަށްތަކަށް މިއަތޮޅުގެ ރައްޔިތުންނާއި މިތަނުގައި ދިރިއުޅެމުންދާ ބިދޭސީން އަރާ ފޭބުން މަނާކުރެވި، މަދު ބައެއްގެ ވިޔަފާރިއާއި އުފާވެރިކަމުގެ ބޭނުމަށް ގިނަ ބައެއްގެ މަންފާއިން މަހުރޫމުކުރަމުންދާ މައްސަލަ މިހާރުވެސް ރައްޔިތުން ތަޖުރިބާ ކުރަމުންދާއިރު، އިތުރަށް އެފަދަ ކަމަކަށް ފުރުސަތުދޭންވެސް ބޭނުން ނުވާކަމަށެވެ. 

އެއާއެކު ސަރުކާރުގެ އެ ނިންމުމާއި ދެކޮޅަށް ނ އަތޮޅު ކައުންސިލުން ވަނީ މަދަނީ ކޯޓަށް މައްސަލަ ހުށައަޅާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.