ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އޭދަފުށީގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަނީ:ފޮޓޯ/ އެމްޑީޕީ
09 Jan 2023 | 14:48
ރައީސް ސާލިޙް ރައީސް ނަޝީދަށް: ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ ޓެކްސީ ގަންނަންވީއެއް ނޫން؛ ގަނެދޭންވީ

ޓެކްސީތައް ސަރުކާރަށް ގަނެ ޑްރައިވަރުންނަށް އެހެން ހުނަރެއް ހޯދައިދިނުން ނުވަތަ އެޑްރައިވަރުންނަށް އެމްޓީސީސީން ވަޒީފާ ދޭން ފެންނަ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ރައްދު ދެއްވައިފިއެވެ.

ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނާ ބައްދަލު ކޮށް، މާލޭގެ މަގުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި އާންމު ދަތުރުތަކަށް އެންމެ ރަނގަޅީ ޕަބްލިކް ޓްރާންސްޕޯޓް ކަމަށާއި ބަހުގެ ނިޒާމް އޮންނަން ޖެހޭ ކަމަށް ޓެކްސީ ޑްރައިވަރުންނަށް ދެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން ނަމަވެސް ޓެކްސީ ކުރެވޭނެ ގޮތްތައް ހަމަޖައްސައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ތަފާތެއްގެ ގޮތުގައި ހުށަހަޅާ ސިޔާސަތަކީ ޓެކްސީ ސަރުކާރަށް ގަނެ އަދި ޓެކްސީ ޑްރައިވަރުންނަށް އެހެން ހުނަރެއް ހޯދައިދީ ނުވަތަ އެޑްރައިވަރަށް ބަސްދުއްވާ ކުންފުނިން ވަޒީފާއެއް ދިނުން" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ބ.އޭދަފުށީގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރި ފަރާތްތަކުން ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ވަނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވާކަމަށެވެ. 

"ވިދާޅުވަނީ މާލޭގެ ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކޮށް ސަރުކާރަށް ތިމަންނަމެން ޓެކްސީތައް ނަގާނަމޭ. މިއީ ކޮންބައެއްގެ ވިޔަފާރިއެއްގެ ތެރެއަށް ތޯ މި ވަދެވެނީ؟ ވަކިވަކި އިންޑިވިޖުއަލް، ދުއްވާ ޓެކްސީ ތައް ސަރުކާރަށް ނަގާވާހަކަ. ސަރުކާރުންނޭ ދެން އެ ދުއްވާނީ. ޓެކްސީ ޑްރައިވަރުންނަށް ތިމަންނަމެން ވަޒީފާ ހޯދައިދޭނަމޭ." ރައީސް ނަޝީދު ގެ ސިޔާސަތައް ފާޑުވިދާޅުވަމުން ރައީސް ޞާލިހް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ގަތުމަކީ އެކަން ކުރަންޖެހޭ ގޮތް ނޫން ކަމަށާ އެއީ އެއްގޮތަކަށް ވެސް ކަމު ނުދާ ސިޔާސަތެއް ކަމަށެވެ.

މިއާއެކު، ރައީސް ވިދާޅުވި ގޮތުގައި ޓެކްސީ ޑްރައިވަރުންގެ ޓެކްސީތައް ސަރުކާރަށް ގަތުމުގެ ބަދަލުގައި ކުރަން ޖެހޭ ކަމަކީ ޓެކްސީ ޑްރައިވަރުންނަށް ނުވަތަ ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް އައު ކާރު ހޯދައިދީ ދިގު މުއްދަތުން ހަލާސްކުރާ ގޮތަށް ސަރުކާރުން ކާރު ގަނެ ދިނުން ކަމަށެވެ. 

އަދި ރައީސް ޞާލިހުގެ މި ސަރުކާރުގެ ސިޔާސަތަކީ އަދި ޕްލޭން އަކީ ވެސް އެއީ ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ތެރޭގައި ސަރުކާރުން ޓެކްސީތައް ގެނެސް ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތުން ދައްކާ ހަލާސް ކުރާ ގޮތަށް ޓެކްސީ ވިއްކާނެ ކަމަށެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.