ގައުމީ ކޮންފަރެންސް އިއުލާނުކުރުމަށް އިދިކޮޅުން ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
09 Jan 2023 | 17:53
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅުގެ ގައުމީ ކޮންފަރެންސްއެއް!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެ ކޯލިޝަންގެ ގައުމީ ޖަލްސާ ޖެނުއަރީ 19 އިން 20 އަށް މާލޭގައި ބާއްވަން ނިންމައިފި އެވެ. 

އިދިކޮޅުގެ ގައުމީ ޖަލްސާ އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ގައުމީ ޖަލްސާ ވެގެންދާނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅުން ބާއްވާ އެންމެ މުހިންމު ހަރަކާތައް ކަމަށެވެ. 

މި ހަރަކާތުގައި ޕާޓީގެ އެކި ގުނަވަންތަކުން ބައިވެރިވާނެކަމަށާއި، އަދި ރިޔާސީ އިންތިޚާބުގައި ޕާޓީއިން އަމަލުކުރާނެ ގޮތުގެ ޕްލޭން މި ކޮންފަރެންސްގެ ތެރެއިން އެކަށައެޅޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ. 

"ޖެނުއަރީ 19-20 އަށް، މި ދެ ދުވަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕޭނުގެ އެންމެ މުހިންމު މަސައްކަތްކަމަށްވާ އަޅުގަނޑުމެންގެ ރަސްމީ ކޮންފަރެންސް "އުންމީދާއެކު" މި ކޮންފަރެންސް އަޅުގަނޑުން ފުރަމާލޭގައި ބޭއްވުމަށް ވަނީ ނިންމާފަ"

ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓިފިޝަލް ބީޗުގައިކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. މި ކޮންފަރެންސްގައި ޕާޓީގެ އިންތިޚާބީ ހުރިހާ ގުނަވަންތަކުންވެސް ބައިވެރިވާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

އޭގެ ތެރޭގައި ޕާޓީގެ ލީޑަރޝިޕްއާއި، ގޮއިންޓް ސެނެޓުގެ މެމްބަރުންގެ އިތުުރުން ދާއިރާތަކުގެ ރައީސުންނާއި، ރަށްރަށުގެ ސްޓިއަރިން ކޮމެޓީގެ މެމްބަރުން ހިމެނިވަޑައިގަންނަވާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އޭގެ އިތުރުން އިދިކޮޅުން ބުނީ ރާއްޖޭގެ ހުރިހާ ރަށަކުން މެމްބަރުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. 

ކޮންފަރެންސްއާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ، އިދިކޮޅުގެ މި ބޮޑު ހަރަކާތް ނިމޭއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޮންމެ ރަށެއްގެ ވޯޓު ފޮށި ބަލަހައްޓާނެ މަންދޫބުންނާއި އޮބްސާވަރުން ކަނޑައެޅިގެންދާނެ ކަމަށެވެ.

އަދި އިންތިޚާބުގެ ކަންކަން ގާތުން ބަލާނެ ގޮތުގެ ޓްރެއިނިންވެސް އެ ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.