އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ --
ހަބަރު
09 Jan 2023 | 22:25
"އަސާސީ ކަންކަމުގަވެސް ދައްތަޔަށް މިހާރު އަތުން މަސައްކަތެއް ކުރެވޭ ވަރެއްވެސް ނޫން"

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ހައްޔަރު ކުރި އުމުރުން ދުވަސްވީ މީހާއަށް ވަރަށް އަނިޔާ ކުރި ކަމަށާއި އަސާސީ ކަންކަމުގައިވެސް މިހާރު އަތުން މަސައްކަތެއް ކުރެވޭ ވަރެއް ނޫން ކަމަށް އެ ހާދިސާގައި ހައްޔަރު ކުރި ޖަމީލާ ބުނެފިއެވެ.

އާއްމުވެފައިވާ ރޭގެ މުޒާހަރާގެ ވީޑިއޯއިން ފެންނަ ގޮތުގައި، މުޒާހަރާ ކުރާ ސަރަހައްދުން ބަޔަކު ދުއްވައިގަންނައިރު، އެތަނުގައި އުމުރުން ދުވަސްވީ އަންހެނެއް ވެސް ހުރެއެވެ. އެމީހުންގެ ފަހަތުން ފުލުހުން ދުއްވައިގަނެ، އެންމެ ފުރަތަމަ އަތުޖެހެނީ އެ އަންހެން މީހާއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެ އަންހެން މީހާ ގަދަދެއްކުމުން، ހަރުކަށިކޮށް އޭނާ ގެންދާތަން ވީޑިއޯއިން ފެނެއެވެ.

ޖަމީލާ މިހާރު ދޫކޮށްލާފައި ވާއިރު، އޭނާ ބުނީ، ފުލުހުން ވަރަށް ތަދުކޮށް، ވަރަށް އަނިޔާ ކުރި ކަމަށެވެ.

"(ހައްޔަރު ކުރިއިރު) ދައްތަ އަތް ލަނބާލި ގަޑީގަ ދައްތަޔަށް ވަރަށް ތަދުވި. ދެން އަސާސީ ކަންކަމުގަވެސް ދައްތަޔަށް މިހާރު އަތުން މަސައްކަތެއް ކުރެވޭ ވަރެއްވެސް ނޫން. ދެން އެހާވަރަށްވެސް އަނިޔާ ކޮށްލައިފި. އެކަމަކު ދައްތަގެ ކުށަކީ ކޮބާތޯ ދައްތަ ސުވާލު ކުރިން (ފުލުހުންނާ). ކުރީމަ ބުނި އެއްޗަކީ ގާނޫނާ ހިލާފަ މުޒާހަާ (ކުރީއޭ). ދައްތަ ބުނިން ދައްތަ ހަމަ ގާނޫނުގެ ތެރެއިންނޭ،" ޖަމީލާ ކިޔައިދިނެވެ.

އުމުރުން ދުވަސްވީ މީހެއް އެފަދަ ހަރުކަށި ގޮތަކަށް ހައްޔަރު ކުރުމުން ގިނަބަޔަކު ވަނީ އެކަމާ ފާޑުކިޔާފައެވެ.

އޭގެ ތެރެއިން އެކަކީ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާއެއްގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަހުމަދު ޝަހީދުއެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުޒާހަރާ ކުރުން ފަދަ، އޭނާއަށް ހައްގު ލިބިފައިވާ ކަމެއް ކުރުމުން ހައްޔަރުކުރުން ބަލައިނުގަނެވޭ ކަމަށެވެ. އަދި އެފަދަ އުމުރުން ދުވަސްވީ މީހެއް ހައްޔަރު ކުރުމުގައި، އާއްމު އެހެން މީހުން ހައްޔަރު ކުރުމުގައި ގެންގުޅޭ ހަރުކަށިކަން ގެންގުޅިފައިވާތީ ޑރ. ޝަހީދު ވަނީ ނުރުހުން ފާޅު ކުރައްވާފައެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް އަންހެން މީހާ ގެންދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

ކޮމެންޓް
ކަލީމާ
ހާދަ ޖަނަވާރު ސްޓައިލަކަށް ލޮބުވެތި ދޮށީ އުމުރުގެ މީހުންނާ މެދު އަމަލުކުރަނީ.
09 Jan 2023
ނައިމްބެ
ސީދާ ކަޑައެޅިގެން ދޮގު، ދައްތަ އުމުރުން ދުވަސްވުމަކީ ޤާނޫނާ ޙިލާފަވާން އޮތް ލައިސެންސް އެއް ނޫން،ޒިންމާ ނަގަން ޖެހޭނީ ދައްތަ ލައްވާ އެކަންކުރުވާ މީހުން
09 Jan 2023
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.