ޔާމީން ޖަލަށް ގެންދަނީ--ފޮޓޯ: އަދަދު
ހަބަރު
10 Jan 2023 | 11:37
ރައީސް ޔާމީން އަށް ކުރި ހުކުމް އިސްތިއުނާފް ނުކުރެވިފައިވާ ސަބަބު ހާމަކޮށްފި

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރިތާ ދެ ހަފުތާވި އިރު ވެސް އެމަނިކުފާނުގެ ފަރާތުން ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަނޭޅިފައިވާ ސަބަބު ހާމަކޮށްދީފިއެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގަ އެވެ.

ހުކުމް އިސްތިއުނާފް ކުރަން ލިބެނީ 60 ދުވަހެވެ. 

އެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާ، އަދި އިސްތިއުނާފް ކޮށްގެން ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ބުނެފަ އެވެ. 

އެހެން ނަމަވެސް އަދިވެސް ހުކުމް އިސްތިއުނާފް ނުކުރެވޭއިރު، އިސްތިއުނާފް ނުކުރެވޭ ސަބަބު ހާމަ ކުރައްވައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު، ސިޔާޒު ވިދާޅުވީ، ކުރިމިނަލް ކޯޓުން ރައީސްޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް އިސްތިއުނާފު ކުރުމަށްޓަކައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯރޓު މަޙްޟަރު ބަޔާން ތަކާއެކު ހޯދުމަށް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެދިފައިވީ ނަމަވެސް މިއަދާހަމައަށްވެސް އެ ރިޕޯރޓް ނުލިބޭ ކަމަށެވެ.

އަދި ޙުކުމް  އިއްވި  ދުވަހު  ޚުލާސާރިޕޯރޓު  ދޭންޖެހޭނެކަމަށް  ޤާނޫނުގައި  އޮތް  ނަމަވެސް،  އެ  ރިޕޯރޓު ނުދީ ލަސްކުރާތީ  އިޙްތިޖާޖު  ކުރުމުން  ޖެހިގެން  އައި ދުވަހު ޚުލާސާ ރިޕޯރޓު ކޯޓުން ދޫކުރި ކަމަށާ، އެ ރިޕޯރޓުގައި ހިމެނޭނީ ޝަރީއަތުގެ ޚުލާސާއެއް ކަމަށް އޭނާ ވިދާޅުވި.

މީގެ އިތުރުން، އިސްތިއުނާފްގެ އެއް މަސްދަރަކަށްވާނީ، ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތަށް ކަމަށް ވާއިރު، ކޯޓުން ދޫކުރި ރިޕޯރޓުގައި ދެފަރާތުން ދެއްކި ވާހަކަ އަދި ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް ލިޔެފައި ނެތް ކަމަށްވެސް ސިޔާޒު ވިދާޅުވި އެވެ. 

"ޚުލާސާ ރިޕޯރޓު ދިނުމުގައި ކޯޓުން ޢަމަލުކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯރޓު ދޫކުރުމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެ ކަމަށް ބެލެވެއެވެ." ސިޔާޒު ވިދާޅުވި އެވެ.

ޔާމީނަށް ހުކުމް ކުރި ދުވަހާއި ޖެހިގެން އައި ދުވަހު، ކޯޓުން ހުކުމުގެ ހުލާސާ ރިޕޯޓު ނުދީގެން އިސްތިއުނާފު ނުކުރެވި ލަސްވާ ކަމުގެ ކަންބޮޑުވުން ވަކީލުން ފާޅުކުރި އެވެ. އަދި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުން އެ ރިޕޯޓް ލަސްވެގެން ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓަށް ވެސް ވަޑައިގަތެވެ.

ކޮމެންޓް
ހައިރާން
ޝަރީއަތް ނިމުނުގޮތުގެ ހުލާސާ ހުށަހެޅިނަމަވެސް ހައިކޯޓުން އިސްތިއުނާފްގެ މައްސަލަ ބަލައިގަންނާނެ.
10 Jan 2023
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.