ދުނިޔެ
10 Jan 2023 | 13:18
ކުރިއެކޭ އެއްގޮތަށް 65 އަހަރުން މަތި ނަމަވެސް މިފަހަރު ހައްޖަށް ދެވޭނެ

ކޮވިޑްގެ ޢާލަމީ ވަބާ ދުނިޔެއަށް ކުރިމަތިވުމުގެ ކުރިއެކޭވެސް އެއްފަދައިން މިއަހަރުގެ ޙައްޖުގައި ފުރުސަތު ދޭނެކަން ސައުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

އިއްޔެ ޖިއްދާގައި ޙައްޖާޖީންނަށާއި ޢުމްރާވެރީންނަށް ދޭންޖެހޭ ޚިދްމަތްތަކާ ބެހޭގޮތުން ބޭއްވުނު "ޙައްޖު އެކްސްޕޯ" ސިންތާގައި ވާހަކަދައްކަވަމުން ސަޢުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ތައުފީޤުއް ރަބީޢަތި ވިދާޅުވި ގޮތުގައި މި އަހަރުގެ ޙައްޖު އޮންނާނީ ކޮވިޑް 19 ގެ ކުރީގެ ޙާލަތާ އެއްގޮތަށް ޢުމުރުގެ އެއްވެސް ޤައިދެއް ނެތިއެވެ.

ކޮވިޑް  ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ހައްޖުގައި ބައިވެރިކުރުވީ އެންމެ 10،000 މީހުންނެވެ.

އެއަށްފަހު ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު މިދިޔަ އަހަރު ސައުދީން ވަނީ އެއްމިލިއަން މީހުންނަށް ހައްޖު ކޯޓާ ދޫކޮށްފަ އެވެ.

އޭގެ ތެރެއިން 850,000 ފުރުސަތު ހާއްސަކޮށްފައިވަނީ ބޭރު ގައުމުތަކުގެ މީހުންނަށެވެ. ސައުދީ ރައްޔިތުންނަށް ކަނޑައަޅައިފައި ވަނީ 150،000 ކޯޓާއެވެ. އަދި ރާއްޖެއަށް ދޫކޮށްފައި ވަނީ، 453 ކޯޓާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
މަހާއި ރިހާކުރު ކައްކާ އަދި ހަވާދު ހަދާ މީހުންނަށް ޒޯނެއް ކަނޑައަޅާ ފުރުސަތު ދެނީ
މިކަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
12 Aug 2026
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލު ރާއްޖެ އެތެރެކޮށްފި
ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ "އޮޕްޑިވޯ" ބްރޭންޑުގެ އިންޖެކްޝަނެއްގެ ނަކަލު (ފޯލްސިފައިޑް) ބެޗެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މަނާކޮށްފިއެވެ.
12 Aug 2026
އެއިމްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރުން ހަލުވިވާނެ
އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިފްތިތާހުކުރުމާއެކު، ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ދިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
12 Aug 2026
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް ހުޅުވައިފި
އެމްއޭސީއެލްގެ އޭވިއޭޝަން ތަމްރީނު އިންސްޓިޓިއުޓް "އެއިމް" ރަސްމީކޮށް އިފްތިތާޙުކޮށް، އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
12 Aug 2026
މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް
"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކު ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި އޮގަސްޓް 26 އިން 28 އަށެވެ.
12 Aug 2026
ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެން ދާނަމަ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ
ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22 ރުފިޔާ އާ ހިސާބަށް ހިނގައްޖެކަމަށާއި، މިގޮތަށް ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް މައްޗަށްގޮސް އެންމެފަހުން ބައްދަލުކުރާނީ ހައިޕާ އިންފްލޭޝަނަކާކަން ރައީސް ނަޝީދު ވިިދާޅުވިއެވެ
12 Aug 2026
ދިރާގުން ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު އަޕްޑޭޓްކުރުމަށް އެދިއްޖެ
ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ސައްޙަތޯ ކަށަވަރުކޮށް އެ މަޢުލޫމާތު އަޕްޑޭޓްކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.
12 Aug 2026
މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
މުހިންމު މަސައްކަތް ނުނިމި ހުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދު ފާސްކޮށްފިއެވެ.