ޕީޕީއެމްގެ ޖަލްސާއެއްގައި ނިމާލު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
10 Jan 2023 | 15:20
ހުކުމާއި ދެކޮޅަށް ބަޔާން ނުނެރުމަށް އަންގާ ފޮނުވި ސިޓީއަށް ބޯ ނުލަނބާނަން: ނިމާލް

ވ. އާރަށުގެ މައްސަލައާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވަނީ "ހަރާން ހުކުމެއް" ކަމަށް ބުނެ ބަޔާން ނުނެރުމަށް ކައުންސިލްތަކަށް އަންގާ ލޯކަލް ގަވަމަންޓު އޮތޯރިޓީއިން ފޮނުވި ސިޓީއަށް ބޯ ނުލަނބާނެކަމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު ވިދާޅުވެއްޖެ އެވެ. 

އެކަމާއި ގުޅޭގޮތުން ލޯކަލް ގަވަމަންޓު އޮތޯރިޓީގެ ބޯޑުގެ ގުރޫޕުގައި ދެކެވުނު ބައެއް ވާހަކަތައް ނިމާލު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ. 

ނިމާލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހަރާން ހުކުމެއް ކުރުމުން އެ ވާހަކަ ދައްކާނެކަމަ ށެވެ. ޚިޔާލުފާޅުކުރުމަކީ އޮތް މިނިވަންކަމެއްކަމަށާއި، ވަކި ގޮތަކަށް ކައުންސިލްތަކުން ނެރޭ ބަޔާންތައް ނުނެރުމަށް އެންގުމަކީ އެ ހައްގަށް ހުރަސްއެޅުންކަމަށް ނިމާލު ވިދާޅުވިއެވެ. 

"ކައުންސިލްތަކަށް ކައުންސިލް މެމްބަރުން އިންތިޚާބުވެފައި ތިބެނީ، އެ ދާއިރާ ނުވަތަ ރަށެއްގެ ރައްޔިތުންގެ ސިޔާސީ ފިކުރަށް އަގުލަބިއްޔަތު ލިބިގެން. ކައުންސިލް މެމްބަރުންނަށް ބަސް ބުނުމުގެ ފުރުސަތު އޮންނަންވާނެ. ޚުދުމުހުތާރު ސިފައެއް ބިރުގަންނަވައިގެން އޮބާ ބަހައްޓައިގެން ކަންކަން ކުރަން ސިޓީ ފޮނުވުމަކީ"

މާލެ އޮތުޅު ކައުންސިލްގެ ރައީސް ނިމާލު 

ނިމާލު ވިދާޅުވީ ވަކި ގޮތަކަށް ބަޔާންތައް ނުނެރުމަށް ކައުންސިލްތަކުގެ މައްޗަށް އަމުރުކޮށް އެލްޖީއޭއިން ފޮނުވި ސިޓީއަށް އިޚްތިރާމު ނުކުރައްވާކަމަށެވެ. އަދި އެ ސިޓީއަށް އިޚްތިރާމު ނުކުރަނީ އެއީ ކައުންސިލްތަކަށްވެސ ލިބިގެންދާ ޚިޔލުފާޅުކުރުމުގެ ހައްގު އެ ސިޓީގެ ސަބަބުން ތަންމިނަށް ހަނިވާތީކަމަށް ނިމާލު ވިދާޅުވިއެވެ. 

އަދި އޭނާ ވިދާޅުވީ އެ ސިޓީއަކީ ސިޔާސީ ނުފޫޒާއި ޕްރެޝަރު އިންތިހާއަށް ފޯރުވައިގެން ތައްޔާރުކޮށްފައިވާ ސިޓީއެއްކަންވެސް އެނގިލައްވާކަމަށެވެ. އޭގެ އިތުރުން އެ ސިޓީ ކައުންސިލްތަކަށް ފޮނުވާ އޭގައި އޮތް އެއްޗެއް ތަންފީޒުކުރުމަށް އަމުރުކުރުމަކީ ކުރެވޭނެކަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށް ނިމާލު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.