އިދިކޮޅު ގާނޫނީ ވަކީލުން ނޫސްވެރިންނާއި ބައްދަލުކުރަނީ/ ފޮޓޯ: ސަން
ހަބަރު
10 Jan 2023 | 21:50
އޭޖީގެ އޯޑަރަށް ޕީޕީއެމްގެ ވަކީލުންނަށް ފިޔަވަޅުއަޅަން ކުރާ މަސައްކަތް ކުށްވެރިކުރަން: އިދިކޮޅު

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އެންގުމަށް ޕީޕީއެމްގެ ލީގަލް ޓީމުގައި ހިމެނޭ ވަކީލުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ބާ ކައުންސިލުން ކުރަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. 

އިދިކޮޅުން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ. 

އިދިކޮޅުގެ އެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އެންގުމަށް ބާ ކައުންސިލުން ވަކީލުންގެ ޙައްޤުތަކަށް އަރައިގަތުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. 

އިދިކޮޅުން ބުނީ ޤާނޫނު އަސާސީގެ، 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދެވޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، 32 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި، 53 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިދެއްގައި ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް ޤާނޫނު އަސާސީ ކަށަވަރުކޮށްދޭކަމަށެވެ.

އަދި ހަމަ އެހެންމެ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާއިން ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށްވެސް ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ ކަމަށެވެ. 

އެހެންކަމުން ޕީޕީއެމް-ޕީއެންސީގެ ލީގަލްޓީމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ހެދިފަހުރި ޤާނޫނު ތަކާއި ޚިލާފް ނުވާނެ ގޮތުގެ މަތިން ފާޅުކުރަމުންދާ ޚިޔާލުތަކަށް އެފަރާތް ކުށްވެރިކުރަން މިސަރުކާރާއި ގުޅިގެން ބާކައުންސިލުން ކުރަމުންދާ މަސައްކަތަކީ ޢައިރު ދުސްތޫރީ މައްސަލަ ތަކެއްކަމަށްވާތީ އެމަސައްކަތް ކުށްވެރިކޮށް އެމަސައްކަތް މިހާރުން މިމިހާރަށް ހުއްޓަލުމަށް އިދިކޮޅުން ވަނީ ގޮވާލައްވާފަ އެވެ. 

އިދިކޮޅުން ބުނީ އެ ފަރާތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކީލުންނަށް ބިރުދެއްކުމުގެ ގޮތުން ބާކައުންސިލުން މިހާރު އެ ކޯލިޝަންގައި ހިމެނޭ ދެ ވަކީލެއްގެ މައްސަލަ ބަލަން ތައްޔާރުވަމުންދާ ކަމަށެވެ. 

އެގޮތުން ލޯޔަރ އާދަމް އާސިފް އާއި ލޯޔަރ މުހައްމަދު ރާޣީބް އަހުމަދު ގެ މައްސަލަ ބެލުމަށް ވަނީ ތައްޔާރުވެފައިވާކަމަށާއި، އާސިފް ގެ މައްސަލަ ބަލަނީ ސީދާ ކްރިމިނަލް ކޯޓުގެ އެންގެމަށްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރާޣިބް ގެ މައްސަލަ ބަލަނީ އެޓަނީޖެނެރަލްގެ އިސްނެގުމުގެ މަތިން ބާކައުންސިލުންކަންވެސް ފާހަގަކޮށްފައިވެއެވެ. 

އެއާއެކު އިދިކޮޅުން ވަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުން ރައްޔިތުން މަޙްރޫމް ކޮށް، ގޮށްމުށުގެ ބާރުން ވެރިކަން ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ނުރުހުންތެރިކަމާއެކު ކުށްވެރިކުރާކަމަށް ބުނެފައެވެ. އަދި ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި ވެރިކަން ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.