މަހުމޫދު މަރާލި ކަމަށް ޘާބިތުވެފައިވާ ޝާ އޮލަމް މިއާ
ހަބަރު
10 Jan 2023 | 22:35
މަހުމޫދު މަރާލިކަމަށް އިއުތިރާފްވީ ތަރުޖަމާނު ބުނެގެން: ސާލިމް

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ކަމަށް ބަންގްލަދޭޝްގެ ޝާ އޮލަމް މިއާ (ސާލިމް) އެއްބަސްވީ އޭނާއަށް ބަސް ތަރުޖަމާ ކޮށްދޭ ތަރުޖަމާނު ބުނުމުން ކަމަށް އޭނާ ހައިކޯޓުގައި ބުނެފި އެވެ.

ސާލިމްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. މި ދައުވާތަކަށް އޭނާ ވަނީ ކުރިން އިއުތިރާފްވެފަ އެވެ. ކުށަށް އިއުތިރާފްވުމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށް ކޯޓުގައި އޭނާ ބުނެފައިވެ އެވެ.

އަދި މި މައްސަލާގައި މަހުމޫދުގެ ހުރިހާ ވާރިސުންވެސް ވަނީ މަރުގެ ދިޔަ ބޭނުންވާ ކަމަށާއި، ބޭނުމީ މަރަށް މަރު ހިފަން ކަމަށް އިއްތިފާގުވެފައެވެ.

އެއާއެކު، އެ މައްސަލައިގައި ސާލިމް މަރަން ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ 22، 2022 ގައި ހުކުމްކޮށްފައިވެ އެވެ. 

ހައިކޯޓުގައި މިހާރު ފަށައިފައިވާ މައްސަލަ އަކީ ދަށު ކޯޓުން އިއްވި މަރުގެ ހުކުމް ކަށަވަރުކުރަން ކްރިމިނަލް ކޯޓުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެވެ.

އެގޮތުން، ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި ސާލިމް ވަނީ ތަރުޖަމާނު ބަދަލުކޮށް، އެ މަގާމަށް ބަންގްލަދޭޝް މީހަކު ހަމަޖައްސައި ދިނުމަށެވެ.

"ސަބަބަބެއް ކަމަށް ބުނީ ތިމަންނާ ތަހުގީގު މަރުހަލާގާ ހަލީލް (ތަރުޖަމާނު) ތިމަންނާ ކާރީގަ ބުންޏޯ އިއުތިރާފް ވާށޯ. އެކަމަކު އަޅުގަނޑު ނުބުނަން އެކަހަލަ އެއްވެސް އެއްޗެކޭ. އެހެންވީމަ އިއުތިރާފް ވެއްޖިއްޔާ ތިމަންނާ ޑީޕޯޓްކޮށްފަ ރަށަށް ފޮނުވަ ދޭނެޔޭ ބުނެގެންނޯ އިއުތިރާފްވީ. ތިމަންނައަކީ އެކަހަލަ ކަމެއް ކުރި މީހެއް ނޫނޯ. އެހެންވެގެންނޯ ތިމަންނާ ހަލީލް ބޭނުން ނެތީ،" ސާލިމް ދެއްކި ވާހަކަތައް ތަރުޖަމާކޮށްދެމުން ތަރުޖަމާނު ހަލީލް ބުންޏެވެ.

މީގެ އިތުރުން ސާލިމް ވަނީ އޭނާ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށާ އަދި ދައުލަތުން ވަކީލަކު ހަމަޖައްސައިދިނުމަށް އެދުނެވެ. އެހެންނަމަވެސް ދަށު ކޯޓު މަރުހަލާގައި އޭނާގެ ފަރާތުން ވަކާލާތު ކުރެއްވި ދައުލަތުގެ ވަކީލް އަލީ ނަޖީބް ބޭނުން ނޫން ކަމަށް ސާލިމް ބުނެފައިވެ އެވެ.

ސާލިމް ގެ މައްސަލާގައި މިހާރުގެ ތަރުޖަމާނު ހަލީލު އަކީ ދަށު ކޯޓުގަ އާއި ތަހުގީގުގައި ވެސް މި މައްސަލައިގައި މަސައްކަތްކުރި މީހާ އެވެ. އަދި ވަކީލު ނަޖީބް އަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ތަހުގީގު މަރުހަލާގައި އަދި ދަށު ކޯޓު މަރުހަލާގައި މަސައްކަތް ކުރެއްވި ވަކީލެވެ. 

މި މައްސަލަ ދެން ކުރިއަށް ގެންދާނީ ސާލިމްއަށް ވަކީލަކު ހަމަޖެހުމުން ކަމަށް ބުނެ ފަނޑިޔާރުން ވަނީ މަޖިލީސް ވަނީ ނިންމާލައިފަ އެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ.

ފުލުހުން މަހުމޫދުގެ މަރު ތަހުގީގު ކުރަމުން ދަނިކޮށް، ސާލިމް ދިރިއުޅުނު ގޭގެ ތެރެއިން ޝައްކު ކުރެވޭ ކަންތައްތަކެއް ފެނިގެން އެކަން އެ ރަށު މީހަކު ފުލުހުންނަށް ރިޕޯޓު ކުރި އެވެ. ފުލުހުން ކޯޓު އަމުރެއްގެ ދަށުން ސާލިމް ދިރިއުޅުނު ދަނގެތީ ނެދުންގެ ބަލައި ފާސްކުރި އިރު، އެ ގެއިން މަހުމޫދުގެ ބައެއް ތަކެތި ވެސް ފެނިފައިވެ އެވެ. ފަހުން ސާލިމް އިއުތިރާފުވެ، އޭނާ އެކަން ކުރި ގޮތް އަމިއްލައަށް ފުލުހުންގެ ތަހުގީގަށް ކިޔައި ދިނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.