އިދިކޮޅުގެ ޖަލްސާގައި ޝިޔާމް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 Jan 2023 | 06:38
ރައީސް ޔާމީންއަށް ކުރަމުންދާ އަނިޔާގައި ޒަޚަމްވަނީ ގައުމާއި ރައްޔިތުން: ޝިޔާމު

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ނުހައްގުން ހުކުމެއްކޮށް، އެމަނިކުފާނު ހުރަގޭގައި ބަންދުކޮށްދެން ދެމުންދާ އަނިޔާތަކަކީ އެކަމުގެ ސަބަބުން ގައުމާއި ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމެއްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފުކުރުމަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ.

އެމަނިކުފާނުގެ މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވާ މުހިންމު ލިޔެކިޔުންތައް މިހާތަނަށްވެސް ކޯޓުން ފޯރުކޮށްދީފައި ނުވާއިރު، އެ ލިޔެކިޔުންތައް ފޯރުކޮށްނުދެވޭ މައިގަނޑު ސަބަބަކީ ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ މައްސަލަ ބެއްލެވި ފަނޑިޔާރު އަހުމަދު ޝަކީލު ލިޔުއްވި ހުކުމަކަށް ނުވާތީކަމަށް ޝިޔާމު ވިދާޅުވިއެވެ. 

އެ ވާހަކަތަކާއި ގުޅުވާ ޝިޔާމު ވިދާޅުވީ ރައީސް ޔާމީންއަށް ކުރަމުންދާ އަނިޔާތަކުގައި ޒަޚަމްވަނީ ހަމައެކަނި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ނޫންކަމަށެވެ. އެމަނިކުފާނަށް ކުރަމުންދާ އަނިޔާގެ އަސަރު މުޅި ގައުމާއި ރައްޔިތުންނަށްވެސް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ. 

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް އިބުރާހިމަށް! އަނިޔާ ތިޔަ ކުރައްވަނީ ހަމައެކަނި ރައީސް ޔާމީނަކަށް ނޫނޭ.. އަނިޔާ ތިޔަ ކުރައްވަނީ ހަމައެކަނި ރައީސް ޔާމީނަކަށް ނޫނޭ.. ޒަޚަމްތައް އެބަހުއްޓޭ ދިވެހި ކޮންމެ ރައްޔިތެއްގެ.. ޒަޚަމް އެބަ އަޅައޭ މި ގައުމުގައި.. ޒަޚަމް އެބަހުއްޓޭ އެމަނިކުފާނުގެ އާއިލާގަ.. 

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް 

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަށްފަހު މާލެއާއި މާލެ ކައިރީ ސަރަހައްދުތަކުގައި މިހާރު ހިނގަމުންދާ ކަންކަމަކީ ކަންބޮޑުވާ ވަރުގެ ނުރައްކާތެރި ކަންކަން ކަމަށެވެ. 

އެގޮތުން ތަންތަނުގައި ހުޅުޖެހުން އާންމުވުމާއި، އިންޑިއާ މީހުންގެ ފަރާތުން ފެންމަތިވާ ކުށްތައް އިތުރުވުމަކީ ވިސްނާލަން ޖެހޭ ކަންކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. 

ޝިޔާމް ވިދާޅުވީ އެމްޑީީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕޭނު ކުރެއްވުމުގެ ބަދަލުގައި ރައީސް ސޯލިހު މިހާރުން މިހާރަށް ކުރައްވީ ކަމަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރުން ކަމަށެވެ. އެމަނިކުފާނަކީ ރައްޔިތުންގެ އުންމީދު ކަމަށާއި، އެމަނިކުފާނަށް ކުރާ އަނިޔާގެ އަސަރު ރައްޔިތުންނަށް ފޯރަމުންދާކަމަށް ޝިޔާމު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.