ޕީޕީއެމްގެ ޖަލްސާއެއްގައި ޑރ ޖަމީލު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 Jan 2023 | 11:28
ޚިޔާލުފާޅުކޮށްގެން އެންމެ ގިނަ މީހުން ހައްޔަރުކުރީ ރައީސް ޞާލިހުގެ ވެރިކަމުގައި: ޑރ ޖަމީލު

ޚިޔާލުފާޅުކޮށްގެން އެންމެ ގިނަ މީހުން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު އެފަދައިން ވިދާޅުވެފައިވަނީ ޚިޔާލުފާޅުކުރުމުގެ ހައްގު ތަންމިނަށް ހުޅުވާލެވިއްޖެކަމަށް ރައީސް ސޯލިހު ވިދާޅުވިނަމަވެސް އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރަމުންދާ ދިއުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. 

ޑރ ޖަމީލުގެ އެ ޓްވީޓުގައި ވިދާޅުވީ އިސްލާހީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ކަމަކީ އެ މަސައްކަތަކަށް ހުރަސްއެޅުއްވުން ކަމަށެވެ. 

ރައީސް ސޯލިހަކީ އިސްލާހީ މަސައްކަތްތައް ކުރުމަށް އެންމެ ބޮޑު ފުރުސަތެއް ލިބިވަޑައިގެންނެވި ރައީސްކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެއަށްވުރެ ބޮޑަށް އެ މަސައްކަތަށް ހުރަސް އެޅުއްވި ބޭފުޅެއްވެސް ނެތްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އޭގެ އިތުރުން ވިދާޅުވީ 2008 ވަަނަ އަހަރުގެ ގާނޫނު އަސާސީއާއެކު ރައްޔިތުންނަށް ލިއްބައިދިން ޚިޔާލުފާޅުކުރުމުގެ ހައްގަށް އެންމެ ބޮޑަށް ހުރަސްއެޅި ބޭފުޅަކީވެސް ރައީސް ސޯލިހުކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމަކީ ޚިޔާލުފާޅުކޮށްގެން ރައްޔިތުން އެންމެ ގިނައިން ހައްޔަރުކުރި ސަރުކާރުކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން ޖަލަށްލި ފަހުން އިދިކޮޅުން ކުރަމުންދާ މުޒާހަރާގެ ތެރެއިން މިހާތަނަށް 100އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އަދި އޭގެ ތެރެއިން 2 މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފައިވާއިރު، މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް-13 ގެ ސީއޯއޯ މުހައްމަދު ސަމާހު ވަނީ އިރުއޮއްސި 6:00 އިން ފަތިހު 6:00 އަށް ބޭރަށް ނުދެވޭގޮތަށް 30 ދުވަހަށް ގޭ ބަންދުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.