2020 ވަނަ އަހަރު ތިލަފުށީގައި ހުންނަ އެމްޓީސީސީ ސައިޓްގައި ހިނގި އަލިފާނުގެ ހަދިސާ / ފައިލް ފޮޓޯ: ސޯޝަލް މީޑިއާ
ވިޔަފާރި
11 Jan 2023 | 12:10
އެމްޓީސީސީން ތިލަފުށީގައި އެމަޖެންސީ ޑްރިލްއެއް ބާއްވަނީ

އެމްޓީސީސީއިން ކ. ތިލަފުށީގެ ބޯޓް ޔާޑުގައި އެމަޖެންސީ ޑްރިލްއެއް ހިންގަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިއަދު މެންދުރު 12:00 އިން އިރުއޮއްސި 18:00 އަށް އެމަޖެންސީ އެކްސަސައިޒްއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި އެކްސަސައިޒަކީ ކުއްލި ހާލަތުގައި އެ ކުންފުނީގެ ސަލާމަތީ އަދި ތައްޔާރީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެމަޖެންސީ އެކްސަސައިޒެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީ އިން ބުނީ އެ ވަގުތު ބޯޓު ޔާޑުގައި ހުރިހާ މުވައްޒަފުން އެ ތަނުން ނެރެ ރައްކާތެރި ސަރަހައްދަކަށް ގެންގޮސް މުޅި ބޯޓް ޔާޑް ހުސްކުރާނެ ކަމަށެވެ.

މި އެކްސަސައިޒް ކުރަން ނިންމާފައިވައިވާ ސަރަހައްދަކީ އިންޑަސްޓްރިއަލް ޒޯންއަށް ވުމުން އެ ސަރަހައްދުން ކޮށްފާނެ ދުމުގެ އަސަރަށް ސަމާލުވުމަށް އެމްޓީސީސީން އިއުތިމާސް ކޮށްފައިވެއެވެ.

ދުމުގެ އަސަރުކުރާނެތީ ދޮރުތަތައް ލެއްޕުމާއެކު ލޮލާއި، ނޭފަތާއި އަނގަ ރަނގަޅަށް ނިވާ ކުރުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ. މި ކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން މާފަށް އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ތަކެތީގެ އަގުތައް މިދާވަރުން އުފުލިގެން ދާނަމަ ހައިޕާ އިންފްލޭޝަނަކަށް ގޮސްދާނެ
ކަޅު ބާޒާރުގައި ޑޮލަރެއް ލިބޭ އަގު 22 ރުފިޔާ އާ ހިސާބަށް ހިނގައްޖެކަމަށާއި، މިގޮތަށް ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް މައްޗަށްގޮސް އެންމެފަހުން ބައްދަލުކުރާނީ ހައިޕާ އިންފްލޭޝަނަކާކަން ރައީސް ނަޝީދު ވިިދާޅުވިއެވެ
12 Aug 2026
ދިރާގުން ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު އަޕްޑޭޓްކުރުމަށް އެދިއްޖެ
ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ސައްޙަތޯ ކަށަވަރުކޮށް އެ މަޢުލޫމާތު އަޕްޑޭޓްކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.
12 Aug 2026
މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި
މުހިންމު މަސައްކަތް ނުނިމި ހުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް މިއަދު ފާސްކޮށްފިއެވެ.
12 Aug 2026
ދައުލަތަށް ދަރިފުޅު ނެގި މައްސަލައާ ގުޅިގެން އާޒިމާގެ ސުވާލު
ތުއްތު ކުއްޖަކު، އާއިލާގެ އިޒުނައެއް ނެތި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން ބަހެއް ނުބުނާތީ، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ސުވާލު އުފައްދަވައިފިއެވެ.
12 Aug 2026
ޢަރަބިއްޔާގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި
މިހާރު ޢިމާރާތް ކުރެވެމުންދާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން 12 ނޮވެމްބަރ 2024 ގައި އާރް.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
12 Aug 2026
ރަޝިޔާގެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފި
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.
12 Aug 2026
އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓުތައް އެތައް ޤައުމަކުން އެތެރެކުރުން ހުއްޓާލަނީ
ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން ހުއްޓައިލައި، ޗައިނާއިން ހަނޑޫ ރިޖެކްޓްކޮށް، ޔޫރަޕާއި ހޮންގް ކޮންގުން ހަވާދުގެ ސާމްޕަލްތަކުން މައްސަލަ ފެނުމާ އެކު، އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
12 Aug 2026
ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
ރާއްޖޭގައި މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް، ޚާއްޞަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.