ނަޝީދާއި ރޮޒޭނާގެ ފޮޓޯއެއް/ ފޮޓޯ: ވަން
ހަބަރު
11 Jan 2023 | 12:12
ރޮޒޭނާ ރައީސް ނަޝީދަށް: 4 ދައުރު ވެރިކަމަށް ނިކުތް މީހަކު އެހެން މީހުންނަށް ކިޔާނެ އެއްޗެއް ނޯންނާނެ

ދެވަނަ ދައުރަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރައްވައިގެން ތިން ވަނަ ދައުރަކަށް ވެސް އިންތިޚާބުވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވެލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ރައްދުދެއްވައިފި އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެ، ދެ ރައީސުންގެ މެދުގައިވެސް ބަހުގެ ހަމަލތަކެއް ބަދަލުކުރެވެމުންދާ މި ދަނޑިވަޅުގައި ބ. ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ހުރިހާ ސިޔާސީ ލީޑަރުން ބަންދުކޮށްފައި ތިބުމުން އެންމެން އެކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުމަށް ނިންމެވި ކަމަށާއި އެ މަނިކުފާނު ވެރިކަމުގައި ހުންނަވާނީ 18 މަސް ދުވަހަށް ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ލިޔުނު ކަމަށެވެ.

އެހެން ނަމަވެސް މިހާރު އެމަނިކުފާނު އިތުރު ދައުރެއްވެސް ބޭނުންފުޅުވާކަމަށް ނަޝީދު ވިދާޅުވިއެވެ. 

ނަޝީދުގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން ރޮޒޭނާ ވިދާޅުވީ ރައީސް ނަޝީދަކީ ވިދިވިދިގެން 4 އަހަރު ވެރިކަމަށް ކުރިމަތިލެއްވި ބޭފުޅެއްކަމަށެވެ. އެގޮތުން 2008 ވަނަ އަހަރަށްފަހު އޮންނަ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެރިކަން ހޯއްދެވުމަށް ނަޝީދު ނިކުމެވަޑައިގަންނަވާކަމަށް ރޮޒޭނާ ވިދާޅުވިއެވެ. 

އެހެންކަމުން އެހެންމީހުން ވެރިކަން ބޭނުންވާ ވާހަކަ ނަޝީދަށް ދެއްކެން ނެތްކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފަ އެވެ. 

ރޮޒޭނާ އަކީ މީގެ ކުރިން ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެހެން ނަމަވެސް މިހާރު ނަޝީދަށް އެއްވެސް ވަރަކަށް ތާއީދު ނުކުރައްވާކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ. 

އަދި ވިދާޅުވީ ނަޝީދަށް ތާއީދުކުރުން ހުއްޓަވާލެއްވީ ޕާޓީއާއި ގައުމަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރައްވާތީކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމުގެ ދަހިވެތިކަމުގައި ނަޝީދު އުޅުއްވާތީކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.