ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުން/ ފޮޓޯ: އިންޓާނެޓު
ދުނިޔެ
11 Jan 2023 | 12:22
އެހީ ފޯރުކޮށްނުދެވޭނަމަ ޕާކިސްތާނުގެ ރައްޔިތުން ނިކަމެތިވެ ހާލުގައި ޖެހޭނެ: ޔޫ.އެން.ޑީ.ޕީ

ޕާކިސްތާނަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްނުދެވިއްޖެ ނަމަ، އެމީހުންނަށް ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އ.ދ.ގެ ތަރައްޤީއާ ބެހޭ އޭޖެންސީ (ޔޫ.އެން.ޑީ.ޕީ) އިން ހާމަކޮށްފި އެވެ. 

2022 އޮގަސްޓުގައި އެ ޤައުމަށް ކުރި ވިއްސާރައިގައި ޤައުމުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވިއެވެ. އެ ހާދިސާގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު ވަނީ 1,700 އަށްވުރެ މައްޗަށް އަރާފައެވެ. އަދި، ފެންބޮޑުވުމުގެ އަސަރު ކުރި މީހުންގެ އަދަދު 33 މިލިޔަނަށް އަރައެވެ.

އެ ޤައުމުގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް ބައިނަލްއަޤުވާމީ އެހީތެރިކަން ހޯދުމަށް ޔޫ.އެން.ޑީ.ޕީ.އިން ދަނީ އެހީދޭ ޖަމާޢަތްތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ޖެނީވާގައި ބާއްވާ މި ބައްދަލުވުން ވިލަރެސްކުރަނީ ޔޫ.އެން.ޑީ.ޕީ.އިންނެވެ. މި ބައްދަލުވުމުގައި، ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ބިލިޔަން ޑޮލަރެއްގެ ހޯދުމަށް ޔޫ.އެން.ޑީ.ޕީ.އިން މަސައްކަތް ކުރާނެއެވެ.

އެހީދޭ އެތައް ޤައުމަކާއި ޖަމުޢިއްޔާއަކުން ޕާކިސްތާނަށް އެހީ ފޯރުކޮށްދޭން ވަޢުދުވެފައިވީ ނަމަވެސް، އެ ފައިސާ ހަވާލުކޮށްފައި ނުވާ ކަން ފާހަގަކުރެވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން އެތަކެއް މިލިޔަން ރައްޔިތުންނެއްގެ ގެދޮރު ހަލާކުވެފައިވާއިރު، ގެއްލުންވެފައިވާ ގެދޮރާއި މަގުތަކާއި އެހެނިހެން އުމްރާނީ ވަސީލަތްތައް އަލުން އާރާސްތުކުރުމަށް އެތަކެއް ބިލިޔަން ޑޮލަރެއްގެ އެހީ ބޭނުންވާނެ ކަމުގައި ޔޫ.އެން.ޑީ.ޕީ.އިން ބުނެއެވެ. ގިނަ އަދަދެއްގެ ދަނޑުބިން ހަލާކުވެ، ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރަމުންދިޔަ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.

ހާލުގައި ޖެހިފައިވާ ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ކާބޯތަކެތީގެ އަގުތައް ވެސް ވަނީ އަތްފޯރާފަށްވުރެ މައްޗަށް އަރާފައެވެ. އަދި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދަތިވެފައިވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވެ، 14.6 މިލިޔަނަށް އަރާފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ. އަދި، އިތުރު ނުވަ މިލިޔަން މީހުންނަށް ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވޯލްޑް ބޭންކުން ބުނެއެވެ.

ޖެނީވާގައި ބާއްވާ ބައްދަލުވުން މެދުވެރިކޮށް ޕާކިސްތާނަށް 16 ބިލިޔަން ޑޮލަރު އެހީގެ ގޮތުގައި ހޯދަން އެ ޤައުމުން ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި ހޯދާނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތައް މެދުވެރިކޮށް ޕާކިސްތާނުންނެވެ.

ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޔޫ.އެން.ޑީ.ޕީ އިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.