އިދިކޮޅުގެ މުޒާހަރާއަށް ފުލުހުން ހުރަސްއަޅަނީ/ ފޮޓޯ: ހުވަދޫ
ހަބަރު
12 Jan 2023 | 13:16
ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގަށް ހުރަސްނޭޅުމަށް ބައިނަލްއަގުވާމީ ޖަމުއިއްޔާތަކުން ގޮވާލައިފި

ދިވެހި ސަރުކާރުން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއަޅަމުންދިއުން ބައިނަލްއަގުވާމީ ޖަމުއިއްޔާތަކުން ކުށްވެރިކޮށްފި އެވެ. 

ސުލްހަވެރި އިހްތިޖާޖުތަކަށް ދިވެހި ސަރުކާރުން ހުރަސް ނޭޅުމަށް ގޮވާލާ ބައިނަލްއަޤުވާމީ ޖަމިއްޔާތައް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އިން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. 

އެ ޖަމުއިއްޔާތައް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިިބިގެންވާ ކަމަށެވެ. އެގޮތުން ސުލްހަވެރިކޮށް ހިންގާ ހަރަކާތްތައް ބާރުގެ ބޭނުންކޮށް ރޫޅާލައި އެފަރާތްތައް ހައްޔަރު ކުރުމަކީ ގާނޫނު އަސާސީ އާއި ޑިމޮކްރަސީއާ އަދި ބައިނަލް އަގުވާމީ މިންގަނޑުތަކާ ވެސް ޚިލާފު ކަމެއް ކަމަށެވެ.

ޚިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއަޅާ ދިވެހި ފުލުހުން މިހާރު ހިންގަމުންދާ ކަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި އަދި 32 ވަނަ މާއްދާ އާއި ވެސް ހިލާފު އަދި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާއި ދިވެހިރާއްޖެ އިން ސޮއި ކޮށްފައިވާ ބައިނަލްއަޤުވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކުގެ މުއާހަދާ އާއި ވެސް ހިލާފު އަމަލުތަކެއްކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. 

އެކަން ފާހަގަކޮށް ޖަމުއިއްޔާތަކުން ނެރެފައިވާ އެ ބަޔާނުގައި ވަނީ ޚިޔާލު ފާޅުކުރުމުގެ ހައްގާއި މުޒާހަރާ ކުރުމަށް އޮތް ހުރަސްތައް ނައްތާލުމަށް ގޮވާލާފަ އެވެ. 

އޭގެ އިތުރުން އެ ޖަމުއިއްޔާތަކުން ވަނީ އޭގެ އިތުރުން ސުލްހަވެރި މުޒާހަރާތަކުގައި ގާނޫނާއި ހިލާފު އަމަލުތައް ހިންގާ ފުލުހުންގެ މައްސަލަ ބަލައި އެމީހުން ޖަވާބުދާރީ ކުރުވުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި އިންޓަގްރިޓީ ކޮމިޝަނަށް ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.