ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
12 Jan 2023 | 14:03
ވަޒީފާ ގިނަވަނީ ތަރައްގީގެ މަޝްރޫއުތައް ގިނަވާތީ: މިއުވާން

ސަރުކާރު ކުންފުނިތަކުގެ ވަޒީފާތައް ގިނަވަނީ ތަރައްގީގެ މަޝްރޫއުތައް ގިނަވާތީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގެ ފަރާތުން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެއެވެ.

އެގޮތުން ގޮއިދޫގައި ބޭއްވި ބައްދަލުވުމުގައި، ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާދެނީ މުވައްޒަފުން އަޅުދާސްތު ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވާކަން ފާހަގަ ކުރައްވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ވަޒީފާ އިތުރުވަނީ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ކުރިއަށް ދާތީ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުގަ ވަރަށްގިނަ ވަޒީފާތައް އުފެދޭ ކަމަށާއި އަދި ވަރަށް ގިނަ ޕްރޮޖެކްޓްތައް އެބަ ހިނގާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދާކަމަށާއި، ވަޒީފާ އިތުރުވަނީ އެހެންވެގެން ކަމަށް މިއުވާން ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތަކާއި ޕްރޮޖެކްޓުތައް ގިނަވާ ވަރަކަށް ވަޒީފާ އިތުރުވާނެ ކަމަށް މިއުވާން ފާހަގަ ކުރެއްވިއެވެ.

"ދިވެހި ރައްޔިތުންނަށް ވަޒީފާ އެ ލިބިގެން ދަނީ. އެހެންވީމަ މަސައްކަތްތަކެއް ނުހިނގައޭ ވިދާޅުވާ ބޭފުޅުން އަނެއްކާ އަނެއްކޮޅުންވެސް އެ ވިދާޅުވަނީ މަސައްކަތްތައް ހިނގާ ވާހަކަ ކަންނޭނގެ. މަސައްކަތްތައްތަކެއް ނެތި ހަމަގައިމުވެސް އެއްވެސް ތަނެއްގެ އެއްވެސް މީހަކަށް ވަޒީފާއެއް ދީފައެއް ނޯންނާނެ،" މިއުވާން ވިދާޅުވިއެވެ.

ކޮމެންޓް
ރަޝީދު
މިއަދުވެސް ގއ ދެއްވަދޫ އިން ފެނަކަ އަށް 10 މީހުން ވައްދައިފި.ސީދާ ވޯޓަށް.ކޮން ތަރައްގީގެ މަޝްރޫއެއްތޯ .ކަލޭވެސް ބުހުތާން ދޮނގުނަހަދާ.ވަޒީފާގެ ދަހިވެތިކަމުގަ.ތަނެއް ދޮރެއްނުބަލާ އެއްޗެކޭ ބުނެލަނީ.
12 Jan 2023
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.