އިދިކޮޅުން ކްރިމިނަލް ކޯޓު ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
12 Jan 2023 | 15:25
"ރައީސް ޔާމީންގެ ޝަރީއަތުގެ ރިޕޯޓް ނުދެނީ އިންޑިއާއިން ހުއްދަ ނުދޭތީ ކަމަށް ވެދާނެ"

ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ދައުލަތުން ޖުރި ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އަދިވެސް ޔާމީންގެ ވަކީލުންނާއި ހަވާލު ނުކުރަނީ އިންޑިޔާ އިން ހުއްދަ ނުދޭތީ ކަމަށްވެސް ވެދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އަންނަނީ ކުރަމުން އަންނައިރު، އަދިވެސް ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު މަހްޟަރު ބަޔާންތަކާއެކު ދޫކޮށްފައެއް ނުވެ އެވެ.

އެހެންކަމުން އެ ރިޕޯޓް ހޯދުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ގޮސްފައެވެ. 

އެއަށްފަހު ބޭއްވި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީން ގެ ރިޕޯޓް އަދިވެސް ހަވާލު ނުކުރުމުން އެނގިގެން ދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީނަަށް އަނިޔާ ކުރަމުންދާ ކަން ކަމަށެވެ. 

އެހެންނަމަވެސް، އެ ރިޕޯޓް ދޭން ދެން އިދިކޮޅުގެ ޓީމް ކޯޓަށް ދާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. 

"ފަހަރެއްގައި ވެދާނެ އިންޑިޔާ އިން (ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް) އަދި ދޭން ހުއްދަ ނުދެނީ ކަމަށްވެސް. އެހެން ދަންނަވާލަން މިޖެހުނީ، މިހާރު މިރާއްޖޭގައި ތަނެއްގައި އިމާރާތެއްގެ ބިންގާ އަޅަން ވިޔަސް އިންޑިޔާގެ ކޮންމެސް ވަޒީރެއް މި ވަޑައިގަންނަވާނީ. އެ ހާލަތުގައި އޮތް ގައުމެއް މިއީ."

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

އަދުރޭ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ޖަލުން ސަލާމަތް ކުރައްވައި، ވެރިކަމަށް އިންތިހާބު ކުރަން އިދިކޮޅުން މަސައްކަތް ކުރަނީ ރާއްޖެ މިހާރު މި އޮތް ހާލަތުން ސަލާމަތް ކުރެއްވުމަށް ކަމަށެވެ. 

އެގޮތުން، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ގެ ކަންކަންވެސް ވަރަށް ފޯރީގައި ވަރަށް ވަރުގަދަޔަށް ކުރައްވާނެ ކަމަށާ، ކެންޕެއިން ރަސްމީކޮށް ފެއްޓެވުމަށް ބޮޑު ކޮންފަރެންސް އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެ ކޮންފަރެންސް އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެފަދަ އެންމެ ބޮޑު ކޮންފަރެންސް ކަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ އެ ކޮންފަރެންސް ގެ ތެރެއިން ކެންޕެއިންގެ ކަންކަން ރޭވިގެން ދާނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.