ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް
12 Jan 2023 | 15:22
ރައީސްގެ ޕްރައިމަރީ ކެމްޕޭންގައި ދައުލަތުގެ ވަސީލަތްތައް ބޭނުމެއް ނުކުރާނެ: މިއުވާން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ޕްރައިމަރީ ކެމްޕޭންގައި ދައުލަތުގެ ވަސީލަތްތައް ބޭނުމެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި، ރައީސްގެ ކެމްޕޭނަށް ދައުލަތުގެ ފައިސާއިން ހަރަދު ކުރައްވާތޯ ވަރަށް ގިނަ ނޫސްވެރިން ސުވާލު އުފައްދާފައި ވެއެވެ.

އެކަމާ ގުޅިގެން މިއުވާން ވިދާޅުވީ، ރައީސްގެ ކެމްޕޭނަކަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ. އަދި އެފަދައިން  އެއްވެސް ބޭފުޅަކަށް ފާހަގަ ކުރެވޭ ކަމަށް ވާނަމަ، އޭސީސީއަށް ހުށަހަޅައިގެން ކުރިއަށް ގެންދަވަންވީ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ދަތުރުފުޅުތަކަށް ބަޖެޓް ކުރެވިފަ އޮންނާނެ ސަރުކާރުގެ ޖުމްލަކޮށް ހުރިހާ ދިމާލެއްގަވެސް ދަތުރުތަކަށް، ހަމައެކަނި ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެއް ނޫން، ސަރުކާރުން ޖުމްލަކޮށް ހަރަދުތަކެއް ދާނެ ދަތުރު ކުރުމަށް. އެކަމަށްޓަކައި ބަޖެޓް ކޯޑުގަ ބަޖެޓެއް ކަނޑައެޅިފަ އޮންނަނީ ދަތުރުތައް ކުރަން ޖެހޭތީވެ. އެހެންވީމަ ދަތުރުތައް ކުރިއަށް ދާނެ. ދެން ރައީސުލް ޖުމްހޫރިއްޔާގެ މިހާރު އެ ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގަ ދައުލަތުގެ ވަސީލަތްތަކެއް ބޭނުމެއް ނުކުރާނެ އިނގޭތޯ، ރައީސުލް ޖުމްހޫރިއްޔާގެ ކެމްޕޭން ދަތުރުފުޅުތަކަކީ ކެމްޕޭނުން ހަދަރު ކުރައްވައިގެން ވަޑައިގަންނަވާ ދަތުރުފުޅުތައް،" މިއުވާން ވިދާޅުވިއެވެ.

މިފަހުން ރައީސް ރ. އަތޮޅަށާ ބ. އަތޮޅަށް އަދި އުތުރުގެ އަތޮޅުތަކަށް އެ ކުރެއްވި ދަތުރުތަކަކީ ކެމްޕޭނުން ހަރަދު ކުރައްވައިގެން ކުރެއްވި ދަތުރުފުޅުތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ ދަތުރުފުޅުތައް ކުރައްވާއިރު، ކެމްޕޭންގަ އުޅުއްވިކަމުކަވީ ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އެއީ ހަމަ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި އެމްޑީޕީގެ ޕްރައިމަރީ ކެނޑިޑޭޓެއް ގޮތުގައި މަސައްކަތް ކުރައްވާއިރުވެސް އެއީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ ސެކިއުރިޓީންވެސް އަދި ރައީސުލް ޖުމްހޫރިއްޔާގެ ސަޕޯޓް ޕެކޭޖް ކުރިއަށް ދާނެ ކަމަށެވެ.

"އެއީ ގާނޫނުންވެސް މަނާކުރާ ކަމެއް ނޫން. އެނޫން އެހެން ގޮތަކަށް އެކަން ކުރެވެންވެސް ނޯންނާނެ، ރައީސުލް ޖުމްހޫރިއްޔާ ކޮންމެ ތަނެއްގަ ހުންނެވިޔަސް މާލޭގަ ހުންނެވިޔަސް ނިދުކުރެއްވިިޔަސް އެމަނިކުފާނުގެ ދައުރުގެ ފަސް އަހަރުތެރޭގަ އެމަނިކުފާނަކީ ރައީސުލް ޖުމްހޫރިއްޔާ. އެހެންވީމަ އެކަން އޮންނާނީ އެގޮތަށް، އެހެން ނަމަވެސް ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުމެއް ނުކުރާނެ،" މިއުވާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.