ރައީސް އައްޑޫ ރައްޔިތުންނާ ބައްދަލު ކުރެއްވުން --
14 Jan 2023 | 16:09
މުޅި ރާއްޖެ ތަރައްގީކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު ބޭނުންވޭ: ރައީސް ޞާލިހު

އައްޑޫ ސިޓީގެ ތާއީދު ބޭނުންވަނީ ހަމައެކަނި އައްޑޫ ތަރައްގީކުރަން ނޫން ކަމަށާއި މުޅި ރާއްޖެ ތަރައްގީކުރުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު ބޭނުންވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުެވއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީ ރިޔާސީ ކެމްޕޭންގައި އައްޑޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އައްޑޫ ހިތަދޫގެ އުސްގަނޑަ ބީޗުގައި ރައީސް ޞާލިހަށް ތާއީދު ކުރައްފާ ފަރާތްތަކާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުން މިހާ ދުވަހު ތަކުލީފުތަކާ އެކު އުޅެން ޖެހުނީ ކުރީގެ ސަރުކާރުތަކުން އަޅާނުލާ އޮތުމުން ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރީ ވަގުތީ ހައްލުތަކެއް ހޯދުމަށް ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި މީގެ ކުރިން ނާންނަ ވަރުގެ ބޮޑު ތަރައްގީއެއް އައްޑުއަށް ގެނެސްދީފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އައްޑޫ ސިޓީއަށް މި ސަރުކާރުން ކޮށްދިން ވަރުގެ ކަމެއް އަދި ވެފައި ހުރި ޕްލެޖުތައް، ނިންމަން ހުރި ކަންތައްތަކަށް ބަލާއިރު އައްޑޫ ސިޓީއަށް މިއަށް ވުރެ ބޮޑު ތަރައްގީއެއް ގެނުވާ ސަރުކާރެއް އޮތް ކަމަކަށް ހަމަ ގައިމު ވެސް ލިޔެކިއުމުން ފެންނާކަށް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ އަތޮޅު ތަރައްގީކުރުމަށް ސަރުކާރުން ކުރަން ފެށި މަސައްކަތް ނިންމުމަށް އައްޑޫ ރައްޔިތުންގެ ތާއީދު ވަރަށް މުހިއްމު ކަމަށެވެ.

ރައީސް އައްޑު އަށް ކުރައްވާ މިދަތުރު ފުޅުގައި ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށާއި ފުލުހުންގެ 34 ވަނަ ޕޮލިސް އިނިޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އައްޑޫ ސިޓީގެ މި ރަސްމީ ދަތުރުފުޅަށްފަހު، ހުކުރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕެއިންވެސް އެމަނިކުފާނު އައްޑޫގައި ފައްޓަވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތާރީޚް ކުޑަތަން ވަމުން އަންނަ ވަރަށް ޕްރައިމަރީ ގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޕޭން ފޯރިވެސް އަންނަނީ ގަދަވަމުންނެވެ. 

މިމަހު 28 ގައި މި ޕްރައިމަރީ އޮންނައިރު، ރައީސް ޞާލިހާއި، އެމަނިކުފާނާއި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވަމުން އަންނަނީ އެ ދެބޭފުޅުންނަށްވެސް ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. 

އަދި ރައީސް ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތި ލެއްވީ އެމްޑީޕީ އަށް ވެރިކަން ހޯދައި ދެއްވަން ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަމަ ފުރަތަަމަ ބުރުން އެމްޑީޕީ ބަލިވާނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.