ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން/ ފޮޓޯ: ވަގުތު
ހަބަރު
14 Jan 2023 | 20:28
ހިތަދޫއާއި މަރަދޫއިންވެސް ގޮވާލީ ރައީސް ޔާމީން މިނިވަންކުރުމަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހިތަދޫ އަދި މަރަދޫއަށް ވަޑައިގަތުމުން ރައްޔިތުން މުޒާހަރާކޮށްފި އެވެ. 

އައްޑޫ ސިޓީގެ ރައްޔިތުން ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާފަ އެވެ. ޝުއޫރުފާޅުކުރަން ނިކުތް ރައްޔިތުން ތިބީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޝުއޫރު ފާޅުކޮށްފައިވާ ބޯޑުތައްވެސް ހިފައިގެންނެވެ. 

ރައީސް ސޯލިހު އައްޑޫއަށް ވަޑައިގަތުމާއެކު އިއްޔެވެސް އެ ސިޓީގެ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. 

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިއްޔެ އައްޑޫގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ. 

މުޒާހަރާ ރޫޅާލުމަށް، މުޒާހަރާ ކުރަމުންދިޔަ އާންމުންގެ ގަޔަށް ޕެޕާ ސްްޕްރޭ ޖެހި މަންޒަރު ފެނިގެންދާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކޮށް ފަހަތައް ޖައްސާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދެއެވެ. 

އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު މީގެ ކުރިން ނ. އަތޮޅަށް ވަޑައިގެންފައިވާއިރު އެ އަތޮޅު ވެލިދޫގެ ރައްޔިތުންވެސް ވަނީ ރައީސް ސޯލިހާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއްކަން ފާހަގަކޮށް އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ އަޑުއުފުލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.