ޕީޕީއެމްގެ ޖަލްސާގައި ޝިޔާމު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
14 Jan 2023 | 21:32
ޖަލު ބަލަހައްޓާ މީހުންނަކަށް އިތުބާރެއް ނެތް، ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދީ: ޝިޔާމު

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާއިރު، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ކަންބޮޑުވެލައްވާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޝިޔާމު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގެ ތެރެއިން، މިރޭގެ މުޒާހަރާ ފެއްޓުމުގެ ކުރިން ޕީޕީއެމް އޮފީސް ކުރިމަތީ އޮތް ކުޑަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޝިޔާމު ވަނީ ޖަލުގައި ރައީސް ޔާމީންއަށް ރައްކާތެރިކަން ފޯރުކޮށްދޭނެކަމާމެދު ސުވާލު އުފައްދަވާފަ އެވެ. 

އެގޮތުން އޭނާ ވިދާޅުވީ، ޖަލުގައި ސެކިއުރިޓީގެ ކަންކަން ބަލަހައްޓަަވަން ތިއްބަވާ ފަރާތްތަކަށް އިތުބާރު ނުކުރައްވާކަމަށެވެ. އަދި ޝިޔާމު ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދެއްވުމަށް ގޮވާލައްވާފަ އެވެ. 

"ދެ ރައީސުން ކެމްޕޭނު ހުއްޓާލާފަ ކުރައްވަންވީ ކަމަކީ ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދިނުން. އަޅުގަނޑުމެން ނުކުރަން ޖަލަކަށް އިތުބާރެއް. ޖަލު ބަލަހައްޓަން ތިބި މީހުންނަށް އިތުބާރެއް ނުކުރަން. ރައީސް ޔާމީން ގެޔަށް ބަދަލުކޮށް ދީ"

ޕީޕީއެމްގެ ނައިބުރައީސް ޝިޔާމު 

ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަށް ޝިޔާމު އެދިވަޑައިގެންފައިވާއިރު މީގެ ދެ ދުވަސްކުރިން މާފުށީ ޖަލުގައި ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. އޭގެ ފަހުން ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލައެއް ފެންމަތިވެފައިވާއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް ދަންޖެހުނުކަމަށް ބުނާ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. 

ބަންދުގައި ތިބޭ މީހުން މަރުވާ އަދަދުތައް އިތުރުވަމުން އަންނަ އިރު، މިފަދަ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލާ، ފިޔަވަޅު ނާޅާކަމުގެ ކަންބޮޑުވުންތަކާއެކު އިދިކޮޅުން ވަނީ އެންއައިސީއަށްވެސް ގޮސްފައެވެ. 

އެފަދަ މައްސަލަތައް ނުބެލޭތީ ބަންދުގައި ތިބޭ މީހުންގެ ރައްކާތެރިކަމާއިމެދު އެއްވެސް ޔަގީންކަމެއް ނެތްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.