އިންތިޚާބުގައި ވޯޓުލަނީ/ ފޮޓޯ: ޕީއެސްއެމް
ހަބަރު
15 Jan 2023 | 14:14
ރިޔާސީ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާނެ މަރުކަޒެއް އަދިވެސް ނުލިބޭ: އީސީ

ރިޔާސީ އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރާނެ މަރުކަޒެއް އަދިވެސް ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް އަބްދުއްރަހީމް ވިދާޅުވީ، އިންތިހާބަށް މިހާރު އެންމެ މުހިންމު ކަމަކީ، އިންތިހާބުގެ މަސައްކަތް ކުރާނެ މަރުކަޒެއް ކަމަށެވެ. އަދި އެފަދަ ތަނެއް ހަމަ ނުޖެހޭ ކަމަށެވެ.

"ކޮމިޝަނުގެ މިހާރު ދެން އެންމެ މުހިންމު ކަމަކަށް އަޅުގަނޑުމެން މި ބަލަނީ ރިޔާސީ އިންތިހާބުގަ މަސައްކަތް ފެއްޓުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނެ މަރުކަޒެއްގެ ކަންކަން. ދެން ސަރުކާރުން މިހާރު މީގެ ކުރިން އަޅުގަނޑުމެންނަށް ހަމަޖައްސަވާފަ އޮތީ ބާ ޖަމާލުއްދީން ސްކޫލުގަ އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތަށް. އެހެން ނަމަވެސް އިނގިވަޑައިގަންނަވާނެ، މިހާރު ބާ ޖަމާލުއްދީން ސްކޫލު ތަޅާލާފަ އެތަނުން އަޅުގަނޑުމެން ނުކުންނަން ޖެހިގެން އަޅުގަނޑުމެންގެ ހެޑް އޮފީހުގަ އަޅުގަނޑުމެންގެ މުވައްޒަފުން މިވަގުތު މަސައްކަތް ކުރަނީ އިންތިހާބުގެ މަސައްކަތް ކުރިން ކުރި މުވައްޒަފުން،" ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ، މިފަހަރު އިންތިހާބުގެ މަސައްކަތް ކުރާނެ މަރުކަޒަކަށް، ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ އިމާރާތް ހަމަޖައްސަވާދެއްވާނެ ކަމަށް ސަރުކާރުން އަންގާފައިވީ ނަމަވެސް އަދިވެސް އެއްވެސް ތަނެއް ހަމަނުޖެހޭ ކަމަށެވެ.

"އެހެން ނަމަވެސް ވަރަށް ދަތިކޮށް އެ މަސައްކަތް ކުރާތީ ސަރުކާރުގަ ދަންނަވައިގެން ދިވެހިރާއްޖޭގެ އަޑުގެ ބާ އިމާރާތް އަނެއްކާވެސް ހަމަ ބާ ޖަމާލުއްދީން ފަދައިން، ބާ އިމާރާތް އަޅުގަނޑުމެންނަށް ދެއްވާގޮތަށް ހަމަޖައްސަވާފަ އޮތީ. އެހެންވީމަ އެ އިމާރާތް ލިބޭނެ ކަމަށް ޕީއެމްއެމުން އަޅުގަނޑުމެންނަށް އަންގަވާފަ އޮތް ތާރީހަކީ މިއަދު. އެހެން ނަމަވެސް އަދި އޭގެ މާބޮޑު ކުރިއެރުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ބާއްވާނެ ދުވަސް ކަމަށް އީސީން ކަނޑައަޅާފައި ވަނީ އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.