މުހައްމަދު އިސްމާއިލް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އަވަސް
ހަބަރު
16 Jan 2023 | 10:41
"ސަރުކާރުން ރައްޔިތުންގެ އަނގަމަތީ ޓޭޕު އަޅާ މާއްދާ 27 ކަފުންކޮށް ވަޅުލައިފި"

މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިއްބައިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅަމުންދާތީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއަރ މުހައްމަދު އިސްމާއިލް ނުރުހުން ފާޅުކުރައްވައިފި އެވެ. 

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ފެށުމުގެ ކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، ރައްޔިތުން އަޑު އިއްވަން މަގުމައްޗަށް ނިކުންނަން މަޖުބޫކުރީ ސަރުކާރުން ކަމަށެވެ. 

އެގޮތުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ވާދަވެރި ސިޔާސީ ލީޑަރު ހުރަގޭގައި ބަންދުކުރީ ހަރާން ހުކުމެއްކޮށްގެންކަން ރައްޔިތުންނަށް އެނގޭ ކަމަށާއި، ރައީސް ޔާމީންގެ ޝަރީއަތަކީ ރައްޔިތުން ބަލަމުންދިޔަ ޝަރީއަތެއްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

އޭގެ އިތުރުން ސަރުކާރުން ހިންގަމުންދާ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާއިރު، ސަރުކާރުން ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޚަރަދުތައް ކުޑަ ނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަކީ ޖަރީމާއެއްކަން ފާހަގަކުރެއްވި އެވެ. 

އެއާއެކު މުހައްމަދު އިސްމާއިލް ވިދާޅުވީ އެކަންކަމާއި ދެކޮޅަށް އަޑުއުފުލުން ހުއްޓުވުމަށް ސަރުކާރުން ގިނަ ހުރަސްތައް އަޅަމުންދާކަމަށެވެ. ޚާއްސަކޮށް އިދިކޮޅުގެ އިހުތިޖާޖުތައް ހުއްޓުވުމަށް ކެނޑިނޭޅި ބާރުގެ ބޭނުން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. 

"ސަރުކާރުން އަޅުގަނޑުމެންގެ އަނގަމަތީގައި ޓޭޕު ދަމައިފި.. ޓޭު ދަމާ ގާނޫނު އަސާސާގައި ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދީފައި އޮތް މާއްދާ 27 ކަފުންކޮށް ވަޅުލައިފި"

ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް 

އެވާހަކަތަކާއި ގުޅުވާ މުހައްމަދު އިސްމާއިލް ވިދާޅުވީ މިހާލަތުން އަރައިގަތުމަށް ޒުވާނުން މާޒީއިން ފިލާވަޅު ލިބިގަންނަން ޖެހޭކަމަށެވެ. 

ނޮވެމްބަރު 3 ގައި ރާއްޖެ ކުރިމަތިލި އިދިވާނީ ހަމަލާތަކުން ގައުމު ސަލާމަތްކޮށްދިނުމަށް ޝަހީދު ހުސެއިން އާދަމް ނިކުމެވަޑައިގަތީ އެމަނިކުފާނަށް ލިބެން އޮތް ފައިދާއަށް ވިސްނަވާފައި ނޫންކަން މުހައްމަދު އިސްމާއިލް ހަނދާންކޮށްދެއްވިއެވެ.

އޭގެ އިތުރުން އުތީމު ތިންބެއިން ގައުމު ސަލާމަތްކުރުމުގެ ޖިހާދަށް ނިކުމެވަޑައިގަތީ އޭރި ގައުމު އޮތް ހާލަތުގެ ސަބަބުންކަމަށާއި، އެ ބޭކަލުންނަކީ އޭރު ނޫކަށި ފުރާ ޒުވާނުންކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ގައުމުގެ ހާލަތު ބަދަލުކުރުމުގެ އެންމެ އިސް ރޯލެއް އަދާކުރެވޭނީ ޒުވާނުންނަށް ކަމަށެވެ. އަދި އިދިކޮޅުން މިހާރު ކުރަމުންދާ މި މަސައްކަތާއި ވީހާވެސް ގިނަ ޒުވާނުން ގުޅިވަޑައިގަތުމަށް މުހައްމަދު އިސްމާއިލް ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.