އަބްދުއްރަހީމް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Jan 2023 | 11:07
ޕީޕީއެމް އޮތީ ބަދަހިކޮށް، ބައިބައިކުރާކަށް ޖާގައެއް ނުދޭނަން: އަބްދުއްރަހީމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނެވި މި ދަނޑިވަޅުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަން ބައި ބައި ކުރަން އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވާނެކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ. 

ޕީީޕީއެމް އޮފީސް ދޮރުމަތީގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ވަގުތަކީ ޕާޓީއަށް ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ވަގުތެއްކަމަށެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ޖަލު ހުކުމެއްކޮށް އެމަނިކުފާނު ހުރަގޭގައި ބަންދުކޮށްފައި ވާ މި ދަނޑިވަޅަކީ އެންމެން އެކަތިގަނޑެއް ގޮތަށް މަސައްކަތް ކުރަން ޖެހޭ ވަގުތެއްކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެއާއެކު ވިދާޅުވީ، މި ނާޒުކު ހާލަތުގެ ބޭނުން ހިފާ ޕީޕީއެމްގެ ވާދަވެރިން ޕާޓީގެ ތެރޭގައި މައްސަލަތައް އުފައްދާ ބައި ބައި ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. 

އެހެން ނަމަވެސް އެއިން އެއްވެސް ފަރާތަކަށް އެ ފުރުސަތެއް ނެތް ކަމަށާއި، ޕީޕީއެމް-ޕީއެންސީ ކޯލިޝަން އޮތީ ބައި ބައި ކުރުމަށް ޖާގަ ދޭ ވަރަށްވުރެ މާ ބަދަހިކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ރައީސް ޔާމީނާއެކީގައި މި ކުރާ މަސައްކަތް ފެނިފަ އަޅުގަނޑުމެންގެ ޓީމު ބައިބައި ކުރުމުގެ މަސައްކަތް ރޭވުންތެރިކަމާ އެކީގައި ކުރަމުން ގެންދާނެކަން ތިޔަ ބޭފުޅުން ގަބޫލުފުޅު ކުރަންވާނެ. އެކަމަށް ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކު ޖާގަ ދެއްވައިގެނެއް ނުވާނެ. އަޅުގަނޑު ވަރަށް ކެރި ހުރެ ސާބިތުކަމާއެކީ މި ދަންނަވަނީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެން އެނބުރި ވަޑައިގެން އަޅުގަނޑުމެންނާއި ބައްދަލުވަންދެން ޕީޕީއެމް ފަޅާލާކަށް އެތެރެއިން ކުރާ މަސައްކަތުންވެސް ބޭރުން ކުރާ މަސައްކަތަކުންވެސް ޕީޕީއެމް މި ތިބީ ޖާގަ ދޭ ގޮތަކަށެއް ނޫން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ޕީޕީއެމްގެ އާންމު މެމްބަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ރައީސް ޔާމީންގެ ނަންފުޅުގައި ފަށްފަށުން ޝުކުރު އަދާކުރައްވާކަމަށެވެ.

ޕީޕީއެމް-ޕީއެންސީގެ ލީޑަރޝިޕަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީވެސް އާންމު މެމްބަރުންގެ ފަރާތުން ލިބޭ ހިތްވަރު ކަމަށާއި، ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ސާބިތުވެ ތިއްބެވުމަށް އަބްދުއްރަހީމް ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.