ރައީސް ޔާމީނާއި ރައީސް ނަޝީދު --- ފޮޓޯ: އެމްޑީޕީ
ހަބަރު
16 Jan 2023 | 15:36
ރައީސް ޔާމީނަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް އޮތް ބޭފުޅެއް: ރައީސް ނަޝީދު

ކުރީގެ ރައީސް ޔާމީންއަކީ ތަންދޮރު ދަންނަ، ވިޝަނެއް ހުންނެވި ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގެ އަތޮޅު ތެރޭގައި ކެމްޕޭން ހަރަކާތްތައް ބޭއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން އިންޑިއާއާއި ދެމެދު ބާއްވަމުންދާ ގާތް ގުޅުމަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައިވެސް އެ ގުޅުން ބާއްވަވާނެ ކަމަށެވެ. 

މިއާއެކު ނަޝީދު ވިދާޅުވީ އެމަނިކުފާނު، ޔާމީން އާއި ޕީޕީއެމްއާ ދޭތެރޭގައި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކަމަށާ، އެ ކެންޕެއިނަކީ ވަރަށް "ޒެނޮފޯބިކް" ކެންޕެއިނެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަށް ރައީސް ޔާމީނާއި ޕީޕީއެމް އިން ހައްލެއް ހޯދައި ދޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ދެން އަޅުގަނޑަކަށް ނޭނގެ ރައީސް ޔާމީން މި ޕްރެސް ކޮންފަރެންސް އަޑު އައްސަވާނެ ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ރައީސް ޔާމީން އަރިހުން ފުންކޮށް ވިސްނަވާށޭ." 

"ޔާމީންއަކީ އިންޓަލެކްޗުއަލް ބޭފުޅެއް، އެކަޑެމިކް ބޭފުޅެއް، ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަނެއް ހުރި ބޭފުޅެއް. އަޅުގަނޑު ނުދެކެން އެއީ އެހާ ތަފާތު ބޭފުޅެއްގެ ގޮތުގައި" ނަޝީދު ވިދާޅުވިއެވެ.

އަދި ރައީސް ޞާލިހާއި މެދު އެގޮތަށް ދެންނެވެން ނޯންނާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑަކަށް ނުދެންނެވޭނެ މިހާރުގެ ރައީސް އެގޮތަކަށެއް،" ނަޝީދު

އެހެންކަމުން، ރައީސް ނަޝީދު ތަކުރާރުކޮށް ވަނީ އިންޑިއާ އާއި މެދު ރައީސް ޔާމީނާއި ޕީޕީއެމުން ދެކެމުން އަންނަ ގޮތާއިމެދު ރަނގަޅަށް ވިސްނުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
އިއްބެ
އެމްޑީޕީ އަށް ވަރަށް ސަލާން. ދެ ރައީސުން ދެބޯގެރި ދުއްވަނީ. ކޮންމެ މީހަކަށް ވެރިކަން ލިބުނަސް އަސްލު އޯކޭ. ގެއްލުން ވަނީ ރައްޔިތު މީހާއަށް. ޔާމިނު ނުހައްގުން ޖަލައްލީ ކަން މަޑުމަޑުން އޮބެނީ…
16 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.