ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ/ އެމްޑީޕީ
ހަބަރު
16 Jan 2023 | 16:19
"ތުނބުޅީގައި ސޯސް ލީ ބޭފުޅުން ތިބީ އަޅުގަނޑާއި ޖެހިގެން ހުރި ގޮޅިތަކުގައި"

މިއަދުގެ އަދާލަތު ޕާޓީގެ ބައެއް މެންބަރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައްޔަރުކޮށް، ޖަލުގައި ބަންދުކޮަށް، ތުނބުޅީގައި ޗިލީ ސޯސްލައި، ތުނބުޅި ބޭލުވީ، އެމަނިކުފާނާއި ޖެހިގެން ހުރި ގޮޅިތަކުގައި ބައިތިއްބައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގެ އަތޮޅު ތެރޭގައި ކެމްޕޭން ހަރަކާތްތައް ބޭއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީގައި ވަރަށް ގިނަ ރަނގަޅު ސިފަ ހުރި ކަމަށާ، ޚާއްސަ ގޮތެއްގައި އެޕާޓީން އިސްލާމްދީނަށް ދޭ އަހައްމިއްޔަތުކަމާއި ދީނީ ކަންކަން ރައްޔިތުންނަށް އަންގައި ދިނުމަށް ކުރަމުންދާ ގިނަ މަސައްކަތްތަކަކީ ބަލައި ގަންނަ ކަންކަން ކަމަށެވެ. 

"އިސްލާމް ދީނުގެ އަސްލުތައް އަޅުގަނޑުމެންގެ ތެރޭގައި އެބޭފުޅުން ވަކާލާތު ކުރާގޮތް، އަދި އަޅުގަނޑުމެންނަށް އަންގައިދެމުންދާ ގޮތް، އޭގެ ތެރެއިން ގިނަ ޝެއިޚުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި، ވަރަށް ރަނގަޅު، އަދި ވަރަށް ތަންދޮރު އެނގޭ، ހެޔޮލަފާ ނަސޭހަތް އަޅުގަނޑުމެންނަށް ދޭ ބައެއް."

"އަޅުގަނޑު ޖަލުގައި އޮތިން މިއަދުގެ އަދާލަތު ޕާޓީގެ މެންބަރުން، އޭރު އެބޭފުޅުންގެ ތުނބުޅީގައި ޗިލީ ސޯސް ލާފައި ތުނބުޅި ބާލަނީ، އަޅުގަނޑާއި ޖެހިގެން ހުރި ގޮޅިތަކުގައި އެބޭފުޅުން ބައިތިއްބާފައި ހުރީ." ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ، އެ ބޭފުޅުން ޖަލުގައި ބަންދުކޮށްގެން އެފަދައިން ކަން ކުރާތަން ފެނިވަޑައިގަތުމުން ބުނާނެ އެއްޗެއްވެސް ނޭނގުނު ކަަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ނަސޭހަތްދޭން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތުދީ އެ މަގު ތަނަވަސް ކޮއްދެއްވުން ކަމަށާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަ އެންމެ ފުޅާ ދާއިރާއެއްގައި ދެއްކެވި އިރުވެސް އެންމެ އިސްކަމެއް ދެއްވީ ދީނީ ނަސޭހަތް ދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވުން ކަމަށް ނަޝީދު ވިދާޅުވިއެވެ. 

މިއާއެކު ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީ އަކީ ރާއްޖޭގެ ސީޔާސީ މަޝްރަހަށް ވަރަށް ބޭނުންތެރި ޕާޓީއެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.