ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިންގ އޮފިސަރ ޢަލީ ރަމީޒު--
ހަބަރު
16 Jan 2023 | 21:15
ޢަލީ، ފައްޔާޟްއަށް: އަނބިދަރިންގެ ކުރިމަތީ މުސްލިމުންގެ އަބުރު ކަތިލި ދުވަސް ހަނދާން ނެތުނީތޯ؟

އަނބިދަރިންގެ ކުރިމަތީ އަވަގުރާނަ ގޮވައި މުސްލިމުންގެ އަބުރު ކަތިލި ދުވަސް ހަނދާން ނެތުނީތޯ އަހައި ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒް ގެ ބަހުގެ ހަމަލާތަކެއް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އަމާޒު ކުރައްވައިފި އެވެ.  

ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއަށް އާއިލާ ވައްދައި، މަގުމަތިން އަނބިދަރިންނާ ދިމާކުރުން ބަލައެއްނުގަނެވޭ ކަމަށް ފައްޔާޒް ވިދާޅުވުމާއި ގުޅިގެން، ޢަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އަނބިދަރިންގެ ކުރިމަތީ އަވަގުރާނަ ގޮވައި މުސްލިމުންނާއި ދިމާއަށް ކާޅަށް، ވަގަށް، ޓެރަރިސްޓަށް ގޮވައި، މުސްލިމުންގެ އަބުރު ކަތިލަމުން ދުވި ހަނދާން މިހާރު ނެތުނީތޯ ސުވާލު ކުރައްވާފައެވެ. 

"އެދުވަހުވެސް، މިއަދުވެސް، ތިޔަދަފަ ލާއިންސާނީ، ލާދީނީ، މުޑުދާރު ޖަރީމާ ތަކާއި އަހަރެމެން ދެކޮޅެވެ." ޢަލީ ވިދާޅުވިއެވެ. 

އެމްޑީޕީގެ ޕްރައިމަރީގެ ފޯރިގަދަވެ، ފައްޔާޒްގެ އާއިލާއާ މަގުމަތިން ދިމާކޮށްފައިވާ ކަމަށް ބުނެ އޭނާ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އަދި މަގުމަތިން އަނބިދަރިންނަށް އުނދަގޫ ނުކުރަން ކެމްޕޭން ޓީމަށް ނަޝީދު އިލްތިމާސްކުރެއްވީތީ ފައްޔާޒް ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެމްޑީޕީގެ އިސް ދެ ފަރާތުން މިފަދައިން ވިދާޅުވެފައިވާއިރު، އެ ޕާޓީގެ ބައެއް ލީޑަރުންނަކީ މުޒާހަރާތަކާއި އެނޫންވެސް ޕޯޑިއަމްތަކުގައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ ބައެކެވެ. އެގޮތުން ދީނީ ޢިލްމުވެރިންނަށް ހަޖޫ ޖަހައި، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު އާއި ދިމާއަށް ކާޅަށް ގޮވައި، ސުންނަތައް އުޅެން ތުނބުޅި ދިގުކޮށް މޫނުބުރުގާ އަޅާ މީހުންނަށް މަލާމާތް ކޮށް، އެއީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރުންފަދަ އެތައް ކަމެއް އެ ޕަޓީގެ ލީޑަރުންގެ ފަރާތުން ވަނީ ފެނިފައެވެ. 

ވުމާއެކު އަލީ ރަމީޒު މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ އެފަދަ ކަންކަމާއި ގުޅިގެން ކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.