ރައީސް ސޯލިހުގެ ކެމްޕޭނު ޖަލްސާގައި ރޮޒޭނާ ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
17 Jan 2023 | 06:14
ރައީސް ނަޝީދު މިހާރު ޕްރޮމޯޓު ކުރަނީ ރައީސް ޔާމީންގެ ސިޔާސަތު: ރޮޒޭނާ

އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހާރު ޕްރޮމޯޓުކުރައްވަނީ މީގެކުރިން ޚުދު އެމަނިކުފާނުވެސް އެންމެ ބޮޑަށް ފާޑުވިދާޅުވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސިޔާސަތުތައް ކަމަށް މި އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ. 

ސަންގު ޓީވީއަށް ދެއްވި އިންޓާވިއުއެއްގައި ރޮޒޭނާ ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ކެމްޕޭނު ޓީމުން މަސައްކަތް ކުރައްވަމުން ދަނީ އެމްޑީޕީގެ ސިޔާސަތުތަކާއި ދެކޮޅަށްކަމަށެވެ. އަދި އެމީހުން މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީންގެ ސިޔާސަތުތައް ޕްރޮމޯޓުކޮށްގެން ތާއީދު ހޯއްދެވުމަށްކަމަށް ރޮޒޭނާ ވިދާޅުވި އެވެ. 

އެގޮތުން ރޮޒޭނާ ވިދާޅުވީ އެމްޑީީޕީއަކީ ބޮޑެތި އާބާދީތަކެކޭ އެއްގޮތަށް ކުދި އާބާތީތައްވެސް ތަރައްގީ ކުރަން ޖެހޭކަމަށް ވަކާލާތު ކުރަމުން އަންނަ ޕާޓީއެއްކަމަށެވެ. އަދި ޕާޓީގެ ސިޔާސަތަކީވެސް ކުދި ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ރަށްތައް ތަރައްގީ ކުރުންކަމަށް ރޮޒޭނާ ވިދާޅުވިއެވެ. 

ރޮޒޭނާ ވިދާޅުވީ، ނަޝީދު މިހާރު ވަކާލާތު ކުރައްވަމުންދަނީ މި ސިޔާސަތާއި ޚިލާފަށް ކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ރަށްތައް ތަރައްގީ ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވި ސިޔާސަތުތަކާއި އެއްގޮތައްކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ. 

"އެބޭފުޅުން މި ދައްކާ ވާހަކައަކީ ކުޑަ ރަށްތަކުގެ ކަންތައްތަކެއް ކޮށްދޭނެކަމެއް ނެތޭ ބޮޑު ރަށަށް އެކަންޏޭ ކަންކަން ކޮށްދޭންވީ، އެހެންވީމަ އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން އިގޭތޯ. އެއީ ކޮންތާކުން އައި ވިސްނުމެއްކަމެއް އަޅުގަނޑަކަށް ނޭނގެ. އެއީ ރައީސް ޔާމީން ގެންގުޅުއްވި ވިސްނުމެއް އަސްލު"

މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ 

ރޮޒައިނާ ވިދާޅުވީ މިހާރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ބޭފުޅަކު ރައީސް ޔާމީންގެ ސިޔާސަތުތައް ނަންގަވައިގެން، އެއީ އެމްޑީޕީގެ ސިޔާސަތެއްކަމަށް ވިދާޅުވީމާ ގަބޫލުކުރަން އުނދަގޫކަމަށެވެ.

އަސްލު އެމްޑީޕީއަކީ ނަޝީދުކަމަށް ވިދާޅުވާއިރު، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޒަމާނުއްސުރެ އެމްޑީީޕީ ތާއީދުކުރާ، އަދި ހިފަހައްޓަމުން އައި އުސޫލުތަކާއި މުޅިން ޚިލާފަށްކަން ފާހަގަކުރައްވާ ރޮޒޭނާ ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.