ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Jan 2023 | 06:18
އެމްޑީޕީ، ރައީސް ޔާމީނަކަށް ދުވަހަކުވެސް ހެވެއް ނޭދޭނެ، އެކަން ރައްޔިތުން ވިސްނާތި: އިދިކޮޅު

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަކީ ދުވަހަކުވެސް ޕީޕީއެމްގެ ރައީސް, ޔާމީން އަބްދުލްގައްޔޫމަށް ހެޔޮއެދޭނެ ޕާޓީއެއް ނޫންކަން ރައްޔިތުން ހަނދާން ނައްތާނުލުމަށް އިދިކޮޅުން އެދިއްޖެ އެވެ. 

ޕީޕީއެމް އޮފީސް ދޮރު މަތީގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ރައީސް ޔާމީންއަކީ ވިޝަނަރީ ލީޑަރެއްކަމަށް ނަޝީދު ވިދާޅުވި ސަބަބާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. 

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަކީ ކިޔަވާވިދާޅުވެގެން ހުންނެވި، ވިޝަނަރީ ލީޑަރެއްކަން ނަޝީދު ވިދާޅުވުމުގެ މާ ކުރިންވެސް ރައްޔިތުންނަށް އެނގޭކަމަށެވެ. އެމަނިކުފާނުގެ ދުރުވިސްނުންފުޅާއެކު ކުރެއްވި މަސައްކަތުން ވެރިކަމުގެ ފަސް އަހަރު ގެނެސްދެއްވި ތަރައްގީއަކީ ރައްޔިތުން މިއަދުވެސް އޭގެ ފޮނި މީރުކަން ހޯދަމުންދާ ތަރައްގީއެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ނަޝީދު ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރެއްވީ މި ދަނޑިވަޅުގައި ސިޔާސީ ތާއީދު ހޯއްދެވުމަށެވެ. އަދި ނަޝީދުގެވެސް އެމްޑީޕީގެ ހުރިހާ ލީޑަރުންގެވެސް އަމާޒަކީ ރައީސް ޔާމީންއަށް އަނިޔާވެރިވުން ކަމަށާއި، އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ނަޝީދު ހުންނަވައިގެންވެސް ރައީސް ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

"އޭރު އަޅުގަނޑުމެން ތިބީ ޕީއޭ ކިޔާ ޕާޓީއެއްގައި، ޕީއޭގެ ލީޑަރަކީ ރައީސް ޔާމީން.. ޕީޖީ ލީޑަރަކީ ނާޒިމް. ރައީސް ޔާމީންއާއި އަޅުގަނޑާއި އޭރު ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ޒަމީރާއި ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމާއި ތިބީ ނާޒިމްއާއި ވާހަކަދައްކާލަން. ތިއްބާ ކުއްލިއަކަށް ބަރު ހަތިޔާރާއެއްކޮށް އެތަނަށް އައީ.. ޓޭންކަރުތަކާއެކު އެތަނަށް އައީ.. އައިގޮތަށް އައިސް ރައީސް ޔާމީން އުފުރާލައިގެން ގެންދިޔައީ ގޭ ދޮރު ތަޅުލާފަ ހުއްޓާ ދޮރު ވައްޓާލާފަ.. އެހެންވީމަ ދަންނަވަން މި އުޅޭ ވާހަކައަކީ އެމްޑީީޕީއެއް ރައީސް ޔާމިނަށް ހެވެއް ނޭދޭނެ" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އާއި ދޭތެރޭގައި އިދިކޮޅުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އެމްޑީޕީގެ ދެ ރައީސުންކުރެ ކޮންމެ ބޭފުޅަކު އެ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް އެމީހުންނަކީ އެއް ބައެއް ކަމަށާއި، އެމީހުންގެ އަމާޒަކަށް ވާނީ ރައީސް ޔާމީންއަށް އަނިޔާވެރިވުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އެކަން ހަނދާނުގައި ބެހެއްޓުމަށް ރައްޔިތުންގެ ކިބައިން އެދިލައްވަމުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީން ޖަލަށް ވަޑައިގަތުމުގެ ކުރިން ދޫކޮށްފައި ފިޔަ ނަސޭހަތުގައި ރައްޔިތުން ބާރަށް ހިފެހެއްޓުމަށް ގޮވާލައްވާފަ އެވެ. 

މި ގައުމާއި ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން ހެޔޮ ގޮތެއް ނުވާނެކަން އެމްޑީޕީގެ ވެރިކަންތަކުން ހާމަވެގެން ގޮސްފައިވާއިރު، ކުރިއަށް އޮތް އިންތިޚާބަކީ ގައުމީ ފިކުރު އިސްކޮށް ވޯޓު ދޭ އިންތިޚާބަކަށް ހައްދަވާދެއްވުމަށް ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅު ހަނދާން ނައްތާނުލުމަށް އަބްދުއްރަހީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.