ޑރ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
ހަބަރު
17 Jan 2023 | 12:34
"މަސާޖު ޕާލަރުތަކުގެ ނަމުގައި ފާހިޝް ކަންކަން ކުރުން އާއްމުވެއްޖެ؛ ފިޔަވަޅު އަޅާނެ ފަރާތެއް ނެތް"

މަސާޖު ޕާލަރުތަކުގެ ނަމުގައި ފާހިޝް ކަންކަން ކުރުން މުޖުތަމައުގައި އާއްމުވެފައި ވާއިރު އެކަމަށް ފިޔަވަޅު އަޅާނެ މުއައްސަސާއެއް ނެތް ކަމަށް ވިދާޅުވެ ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ދިވެހި މުޖުތަމައުގައި ދީނާއި ޚިލާފް ކަންކަން އާއްމުވަމުންދާތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ޑރ. ޢަލީ ޒާހިރު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ‏މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ޓޫރިސްޓުން ނިވައި ކަމެއްނެތި ރަށުތެރޭގައި އުޅުން އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ.

"ޢާންމުކޮށް އިޝްތިހާރު ކޮށްގެން މަސާޖުޕާލާ ތަކުގެ ނަމުގައި ވިޔާނުދާ އަމަލުތައް ހިންގުންވެސް ޢާއްމު ވެއްޖެ. މިކަންކަމަށް ފިޔަވަޅު އަޅާނެމުއައްސަސާއެއް، ޒިންމާވާނެފަރާތެއް މިއަދު ފެންނާކަށްނެތް. ވަރަށް ދެރަ." ޑރ. ޢަލީ ޒާހިރު ވިދާޅުވި އެވެ. 

ލޯކަލް ޓޫރިޒަމް ފައްކާވެ ރަށްރަށުގައި ގެސްޓް ހައުސްތައް ހުޅުވި، ފަތުރުވެރިން ގިނަވަމުން ދިޔަ ވަރަކަށް، އިސްލާމްދީނާއި ޚިލާފް ކަންކަން ދިވެހި މުޖުތަމައުގައި ދަނީ އާއްމު ވަމުންނެވެ. ވަކިން ޚާއްޞަކޮށް، ރަށުގެ ކުޑަކުދިންނާއި، އުމުރުން ދޮށީ މީހުންނާއި ޒުވާނުން އާއްމުކޮށް އެއްވެ އުޅޭ ތަންތަނުގައި ނިވާކަންކުޑަ ހެދުން އަޅައިގެން ފަތުރުވެރިން އުޅުމާއި، ގާތްގޯޅިކޮށް އުޅުން ފަދަ ކަންކަން ދަނީ އާއްމު ވަމުންނެވެ.

އަދި މީގެ އިތުރުން އެކި ނަންނަމުގައި ހިންގާ މަސާޖު ޕާލަރު ތަކާއި، މީސްމީޑިއާގެ ޕޭޖް ތަކުން ހަށިވިއްކުން ފަދަ ނުބައި ފާހިޝް ކަންކަން ފާޅުގައި ކުރަމުންދާއިރު އެކަންކަން ހުއްޓުވުމަށް މުއައްސަސާތަށް ވަނީ ފެއިލްވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ