ހަބަރު
18 Jan 2023 | 11:45
100 އާއިލާއަށް ރޯދަމަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަލަފް އެއިޑް އިން ފަށާފައިވާ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު 100 އާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަލަފް އެއިޑް އިން ފަށާފައިވާ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ. 

ޖަމިއްޔަތުއް ސަލަފުން "ވާބިލް 2023" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމް މެދުވެރިކޮށް 100 ޢާއިލާ އަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމް ގައި ބައިވެރިވާން ބޭނުންވާ، އެހީތެރިކަމަށް ބޭނުންވެފައިވާ މާލޭގައި ދިރިއުޅެމުންދާ ޢާއިލާ ތަކުން، އަންނަނިވި ލިންކު މެދުވެރިކޮށް ފޯމު ފުރާލުމުން ބައިވެރި ވެވޭނެއެވެ. 

ފޯމް ގެ ލިންކު: https://forms.gle/RzskEzorPbNbbsNw6 

މީގެ އިތުރުން ސަލަފުގެ ޕޯސްޓަރުގައިވާ ކިޔުއާރް ކޯޑް ސްކޭން ކޮށްގެން ވެސް އެހީއަށް އެދޭ ފޯމު ލިބޭނެ ކަމަށް ސަލަފުން ބުނެއެވެ. 

އަދި އެ ފޯމުގައި، ޢާއިލާގއ ފަރާތުން ހާމަކުރާ މައުލޫމާތުތައް، ތިންވަނަ އެހެން އެއްވެސް ފަރާތަކަށް ހާމަ ނުކުރާނެ މައުލޫމާތު ކަމުގެ ޔަގީންކަން ސަލަފުން ދެއެވެ. 

މީގެ އިތުރުން، އެހީއަށް އެދި ފޯމު ފުރާ ފަރާތްތަކުގެ ތެރެއިން އެހީ ފޯރުކޮށްދޭ  100 ޢާއިލާ ކަނޑައަޅާނީ، ޢާއިލާ ތަކުގެ ހާލަތަށް ބަލައި ކަށަވަރު ކުރުމަށްފަހުގައި ކަމަށް ސަލަފުން ބުނެއެވެ. 

ފާއިތުވި އަހަރު ތަކުގެ ރޯދަމަހުގައި ވެސް އެހީތެރިކަމަށް ބޭނުންވާ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމާއި، ރޯދަ ވީއްލޭނެ އިންތިޒާމްވެސް ސަލަފް އެއިޑުން ހަމަޖައްސައިދީފައިވެއެވެ.

ސަލަފް އެއިޑްގެ ފުރަތަމަ ހަރަކާތަކީ ކުރީ ސަރުކާރުގެ ދުވަސްވަރު ކުރިމަތިވި ފެނުގެ ކާރިސާއާއި ގުޅިގެން ސިފައިންނާ ފުލުހުންނަށް އެހީތެރިވުމަށް އެއާޕޯޓްގައި ކުރެވުނު މަސައްކަތެވެ. އެގޮތުން ރާއްޖެއިން ބޭރުން ގެނައި ފެން އާންމުންނާ ހަމައަށް ގެނެސްދިނުމަށް ކަމާބެހޭ އިދާރާތަކާއެކު ސަލަފް އެއިޑްގެ ވޮލަންޓިއަރުން ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.