އައްޑޫ ސިޓީގައި ގާއިމްކުރާ ވޭސްޓު ޓު އެނާޖީ ޕްލާންޓު ސަރަހައްދުގައި ޓީމުން ހަރަކާތްތެރިވަނީ/ ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ އެންވަޔަރުމަންޓު މިނިސްޓްރީ
ހަބަރު
18 Jan 2023 | 18:43
އައްޑޫގައި ގާއިމްކުރާ ކުނިން ކަރަންޓު އުފައްދާ އެނާޖީ ޕްލާންޓުގެ މަސައްކަތް ނިމުމަކާއި ގާތަށް!

ރާއްޖޭގެ އެންމެ ދެކުނު ސަރަހައްދަށް އަމާޒުކޮށްގެން އެންވަޔަރުމަންޓު މިނިސްޓްރީއިން ކުރިއަށް ގެންދާ އައްޑޫ ސިޓީ ރީޖަނަލް ވޭސްޓު މެނޭޖުމަންޓު ފެސެލިޓީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ "ވޭސްޓް ޓު އެނާޖީ" ޕްލާންޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ގާތްގަނޑަށް ނިމުމަކަށް އައިސްފައިވާކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

އެ ވުޒާރާއިން ހާމަކުރި ގޮތުގައި ކުނިން ހަކަތަ އުފައްދާ މި ޕްލާންޓް ރާއްޖެ ގެނެސް، އެ އިންސްޓޯލް ކުރުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެ ޕްލާންޓު ހިންގުމަށްޓަކައި ހަދަން ޖެހޭ އިމާރާތާއި، ކުނި ރައްކާކުރާނެ އިމާރާތުގެ މަސައްކަތްތައް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. 

"ވޭސްޓް ޓު އެނާޖީ" ޕްލާންޓު އިންސްޓޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން 

އައްޑޫ ސިޓީގައި ގާއިމް ކުރާ ކުނިން ހަކަތަ އުފައްދާ މި ޕްލާންޓަކީ 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަ ވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ޕްލާންޓެކެވެ. 

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ޕްލާންޓުން އުފައްދާ 1.5 މެގަ ވޯޓު ކަރަންޓުގެ ތެރެއިން 1 މެގަ ވޯޓު ކަރަންޓުން އައްޑޫ ސެންޓަރަލް ގްރިޑަށް ފީޑު ކުރެވޭނެއެވެ. އަދި ބާކީ 500 ކޮލީ ވޯޓުގެ ކަރަންޓު ބޭނުންކުރާނީ އެ ފެސެލިޓީ ހިންގުމަށެވެ. 

އައްޑޫ ސިޓީގައި ގާއިމްކުރާ މި ފެސެލިޓީ އަންނަ ޖުލައި މަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.
29 Jul 2026
ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް
އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
29 Jul 2026
ޝޯވ އަދި މިޔުޒިކު މަނާކުރެވިގެން ނުވާނެ: ރައީސް ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ބިޔޯން އަގެއިން' އަކީ ދުނިޔޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ 'އައްބާ' ގެ އެންމެ މަޝްހޫރު ޓްރިބިއުޓް ބޭންޑު ކަމަށެވެ. އަދި އެފަދަ ޝޯތަކާއި އަދި މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
29 Jul 2026
ތިލަފުށީގެ ކުނިތައް ހދ.ކުނބުރުދޫއަށް ގެންދާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު
ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ކުނިތައް އދ.ކުނބުރުދުއަށް ގެންދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
29 Jul 2026
ފީފާ ވޯލްޑް ކަޕް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދަނީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން ބާއްވާ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށްޓަކައި 20 ބިލިއަން ޑޮލަރުގެ އަގުހުރި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ނިންމައިފިއެވެ.