ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
19 Jan 2023 | 06:05
ހަނިމާދޫ އެއަރޕޯޓު އެޅުން، މުހައްމަދު ތަކުރުފާނުގެ ކަޅުއޮއްފުންމި ބެންނެވުމާއި އެއްފަދަ: ފައްޔާޒު

ހަނިމާދޫގައި އިންޓާނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހި ގައުމު މިނިވަންކުރުމުގެ މަސައްކަތަށް ނިކުމެވަޑައިގަތުމަށް އުތީމު މުހައްމަދު ތަކުރުފާނު ކަޅުއޮއްފުންމި ބެންނެވުން ފަދަ މަސައްކަތެއްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ހަނިމާދޫ އިންޓާނޭޝަނަލް އެއަރޕޯޓުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ޒަމާނީ ފެންވަރުގެ އެއަރޕޯޓެއް ހަނިމާދޫގައި ތަރައްގީވެގެން ދިއުމަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. 

2 ބިލިއަން ރުފިޔާގެ އަގުބޮޑު އެ މަޝްރޫއު ސަރުކާރުން އިއުލާނު ކުރުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވަމުން އަންނަކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އެހާ ބޮޑު ޚަރަދެއް އެ އެއަރޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ހޭދަކުރާ ސަބަބާއި ގުޅިގެން ގިނަ ސުވާލުތަކެއްވެސް އުފައްދަމުން އަންނަކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. 

ޚާއްސަކޮށް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ލޯނު ނަގައިގެން ސަރުކާރަށް ދެކޮޅު ޖެއްސިދާނެ ކަމާމެދު އިގްތިސާދު ދިރާސާ ކުރައްވާ އެކި ފަރާތްތަކުންވެސް ސުވާލުތައް އަމާޒުކުރައްވަމުން ގެންދަވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ މީގެ އެތައް އަހަރުތަކެއް ކުރިން ދިވެހިރާއްޖެ މިނިވަންކުރުމަށް ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ އުތީމު މުހައްމަދު ތަކުރުފާނު ކަޅޯއްފުންމި ނަމަކަށް ކިޔާ އުޅަނދެއް ބަންނަވާ ކުރި މަސައްކަތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއު ކުރެވިގެން ދިޔަ ފަދައިން ހަނިމާދޫގައި އަޅާ އެއަރޕޯޓަކީވެސް އެފަދަ މަސައްކަތަށް ވެގެންދާނެ ކަމަށެވެ. 

"މީގެ 400 އެއްހާ އަހަރުކުރިން ކަޅުއޮއްފުންމި މި ސަރަހައްދުން އުފެދިގެން ނިކުމެ މުޅި ދިވެހިރާއްޖެއަށް އެ ގެނައި ބަދަލު.. އެއީ އަޅުގަނޑުމެންގެ މިނިވަންކަން ހޯދައިދީ މިއަދު އަޅުގަނޑުމެން މި ތިބި މިނިވަންކަން މަތީގައި ތިބެވުމަށް އެކުރި ކަމަށް ފަހުގައި މިއަދު މި ކުރެވޭ ކަމަކީ އޭގެ ފަހުން އެވަރުގެ ބޮޑުކަމެއް" 

އިކޮނޮމިކް މިނިސްޓަރު ފއްޔާޒު އިސްމާއިލް 

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ، ހަނިމާދޫގައި ތަރައްގީކުރާ އެއަރޕޯޓު ވެގެންދާނީ އުތުރުގެ ކުރިމަގަށް ކޮށައިދޭނެ މަގެއްކަމަށެވެ. 

އެއަރޕޯޓުގެ ސަބަބުން ލިބިގެންދާނީ ހަމައެކަނި ދަތުރުފަތުރުގެ ފަސޭހަތައް އެކަނި ނޫންކަމަށާއި، އެ މަޝްރޫއާއެކު އިގްތިސާދީ އަދި އިޖްތިމާއީ ބޮޑެތި ކުރިއެރުންތައް ބޮޑުތިލަދުންމައްޗަށް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓަކީ މާލެއިން ބޭރުގައި ހިންގާ އެފަދަ އެންމެ ބިޔަ މަޝްރޫއުއެވެ. އަދި މިއީ 21 ވަނަ ގަރުނުގެ އެހެން ގައުމުތަކާއި ފައިހަމަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ގެންދަނީ ސިފަކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.